ދިވެހިރާއްޖެ
(IUL)307/INDIV/2026/14:ނަންބަރ
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ރައްޔިތުންގެ ތެރެއިން މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ފާހަގަކުރެވޭފަދަ ޚިދުމަތެއް ކޮށްދިނުމުގައި ނަމޫނާ ދައްކާފައިވާ ފަރާތްތަކާއި، އަދި މިހާރުވެސް އެފަދަ ޙިދުމަތެއް ކޮށްދެމުން ގެންދާ ފަރާތްތަކާއި، ރަށުފެންވަރުގައި ނުވަތަ ބައިނަލްއަޤްވާމީ ފެންވަރުގައި ރ. އިންނަމާދޫ އަށް ރީތި ނަމާއި ފަޚްރު ހޯދައިދީފައިވާ ފަރާތްތަކާއި، އައު ހޯދުމެއް ނުވަތަ އައު އުފެއްދުމަށް ނުވަތަ އައު އީޖާދެއްކޮށްފައިވާ ރ. އިންނަމާދޫ އަށް ނިސްބަތްވާ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ޚިދުމަތް" އެވޯޑްގެ ނަމުގައި އަރުވާ އެވޯޑަށް ކުރިމަތި ލުމަށް އާއްމުކޮށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ގޫގުލް ފޯމު ލިންކް: https://services.ici.gov.mv/council-award/register/council-award
އުސޫލް: https://drive.google.com/file/d/1qIrlTc-vZLXNeZFJvqk9FWotoy56NUJq/view?usp=sharing