ޢާންމު މަޢުލޫމާތު
ނަންބަރު: 263/263/2026/16
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 09 އޭޕްރިލް 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                  

         މިއަހަރު (2026) ބާއްވާ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 މެއި 01 ވަނަ ދުވަހުއެވެ.

 

         ވީމާ، މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމް/ކުލަބުތަކުން 2026 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި އެކު މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ އާއި އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަންވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިތާރީޚުގެ ކުރިން ޓީމެއް/ކުލަބެއް އަލަށް މި މުބާރާތުގައި ބައިވެރިވާނަމަ ރަޖިސްޓްރީގެ ކަންކަން ކޮށްނިންމަންވާނެއެވެ.

މުބާރާތުގެ ޤަވާއިދު އިއުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފީ ގެ ތަފްސީލް

-       ފުޓްބޯޅަ މުބާރާތް : -/2000 ރުފިޔާ

-       ހޭންޑްބޯޅަ މުބާރާތް: -/1000 ރުފިޔާ

07 ޝައްވާލް 1447

26 މާރިޗް 2026

26 މާރިޗު 2026