ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/25
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 08 އޭޕްރިލް 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ޖަނާޒާ ކޯހެއް ހިންގުން

ރ.އަނގޮޅިތީމުގައި ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން ޤުރްއާނާއި ބެހޭ މަރުކަޒާއިގުޅިގެން ޖަނާޒާ ކޯހެއް ހިންގަން ހަމަޖެހިފައިވާތީ  މި ކޯހުގައި ބައިވެރިވާންބޭނުންވާ ފަރާތްތަކުން 08 އެޕްރީލް 2026 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ޖަނާޒާކޯހުގެ ފޯމު މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. ޖަނާޒާ ފޯމު މި ކައުންސިލުގެ  ކައުންޓަރުން 29 މާރިޗް 2026 އިން 08 އެޕްރީލް ވާ ބުދަދުވަހުގެ 13:00 އާއި ހަމައަށް ފޯމު ލިބެންހުންނާނެއެވެ.

މި ކޯހުގެ މުއްދަތާއި،ކޯސްފެށޭ ތާރީޚް އަދި ކޯސް ނިމޭތާރީޚު ބައިވެރިންނަށް ފަހުން އެންގޭނެއެވެ. މިކޯހަކީ ސެޓްފިކެޓް ލެވެލްގެ ކޯހެކެވެ. މިކޯހުގައި ކިޔަވައިދޭނީ ޤުރްއާނާއި ބެހޭ މަރުކަޒުގެ ބޭފުޅުންނެވެ.

ކޯހުގައި ކިޔަވައިދޭ ބައިތައް

  • ފިގުހީގޮތުން އެނގެންޖެހޭ ބައިތައް
  • ދެ ޖިންސުގެ މައްޔިތުންނަށް ކަފުންކެނޑުމާއި ކަފުން ތައްޔާރުކުރުން
  • ދެ ޖިންސުގެ މައްޔިތުން ހިނަވައި ކަފުންކުރުން
  • ކަށުނަމާދުކުރުމާއި،ވަޅުލުން
  • ޢަމަލީ ތަޖުރިބާ

 

26 މާރިޗު 2026