ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2026/14603
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 05 އޭޕްރިލް 2026 13:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

ސީނިއަރ މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު، އަދި ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާގައި މަދުވެގެން 6 (ހައެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވުން، އަދި ހިންގުމުގެ ދާއިރާ ނުވަތަ މެނޭޖްމަންޓް ރޯލެއްގައި 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕްރޮކިއުމަންޓް ސެކްޝަން ސުޕަރވައިޒްކުރުމާއި މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
  • ރިކުއިޒިޝަންތައް ރިވިއުކުރުމާއި ޕާޗޭސް އޯޑަރުތައް އެޕްރޫވްކުރުން.
  • ބިޑު، ޓެންޑަރ އަދި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، ސަޕްލަޔަރ ސިލެކްޝަން ޕްރޮސެސް މޮނިޓަރކުރުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ހިމެނޭ ގޮތަށް ސަޕްލަޔަރުންގެ ނެޓްވޯރކް ޑިވެލޮޕްކުރުން.
  • އާރް.އެފް.ޕީ ޑްރާފްޓްކުރުމުގެ މަރުޙަލާ އޯވަރސީކުރުމާއި، ކޮންޓްރެކްޓްތަކުގެ ޑެލިވަރީ، ވޮރަންޓީ، އަދި އިންޝުއަރެންސްގެ ކަންކަން މޮނިޓަރކުރުން.

ޕްރޮކިއުމަންޓް ސްޓްރެޓެޖީތައް ތަރައްޤީކޮށް ތަންފީޒުކުރުމާ، މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން، އަދި ޕްރޮކިއުމަންޓާއި ބިޑް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.

މުސާރަޔާއި އިނާޔަތްތައް

26,000.00 – 34,200.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ސެކްޝަން / ކޭޝް އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބޭންކިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ކޮންޕިއުޓަރ ސައިންސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެ ފެންވަރުގެ ފާހެއް ހާސިލްކޮށްފައިވުން.

ވަޒީފާ ހަމަޖެއްސުމުގައި، އައިޓީ އެޑްމިނިސްޓްރޭޝަން ނުވަތަ ޑޭޓާ އެނަލިޓިކަލް ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭއިން އޮޕަރޭޓް ކުރަމުންދާ ޕޭމަންޓް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތުގައި އެހީތެރިވުން.
  • ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް މަސައްކަތްތަކުގައި އެހީތެރިވުން
  • ޕޭމަންްޓް ސިސްޓަމްތަކާ ގުޅުންހުރި ޑޭޓާތަކުގެ ތަފާސްހިސާބުތައް ބެލެހެއްޓުމާއި އެނަލައިޒް ކުރުން.

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ނުވަތަ މާރސްޓަރސް ސެޓްފިކެޓް ލިބިފައި ނުވާނަމަ، ޔުނިވަރސިޓީ/ކޮލެޖް އިން ދޫކޮށްފައިވާ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުން
  • ކިޔެވި ޕްރޮގްރާމަކީ ރާއްޖޭގެ ޔުނިވަރސިޓީއެއްގެ ނުވަތަ ކޮލެޖެއްގެ ޕްރޮގްރާމެއް ކަމުގައި ނުވާނަމަ، ސެޓްފިކެޓް ނުވަތަ ޕްރޮގްރާމް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލު ކުރާކަމުގެ ލިޔުން
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • މަސައްކަތު އަދި މެނޭޖްމަންޓް ތަޖުރިބާ ބޭނުންވާ މަޤާމުތަކަށް، އެކަންކަން ސާބިތުކުރެވޭނެ ލިޔެކިޔުން، މި ލިޔެކިޔުން ހުށަހަނާޅާ އެޕްލިކޭޝަން ބަލައިނުގަނެވޭނެ.
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

05 އޭޕްރިލް 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ ވަޒީފާއަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާ/ވަޒީފާތައް އަދާކޮށްފައިވާ ގޮތަށެވެ.

25 މާރިޗު 2026