މަސައްކަތް
ނަންބަރު: (IUL)13-E/13/2026/48
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި:
06 އޭޕްރިލް 2026 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ވުޒާރާގެ އޮފީސް ޖާގަ ޑިޒައިންކުރުމާއި ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށް ބައެއް މަރާމާތު މަސައްކަތް ކުރުމާބެހޭ
މި ވުޒާރާގެ ބޭނުމަށް ބައެއް ސެކްޝަންގެ އޮފީސް ޖާގަ އިތުރު ކުރުމަށް، ޑިޒައިންކޮށް ފްލޯރ ޕްލޭން ހަދައި ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށް ބައެއް މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން: 31 މާރިޗު 2026، 13:30އަށް
އަންދާސީ ހިސާބު ހުށަހެޅުން: 6 އެޕްރީލް 2026، 13:30އަށް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
24 މާރިޗު 2026