ދިވެހިރާއްޖެ
މި ކޯޓުގައި ހަދަންފަށާފައިވާ ފާޚާނާގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން. (2 ވަނަ އިޢުލާން)
މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތިގައި، މިކޯޓުގައި ހަދަން ފަށާފައިވާ ފާޚާނާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެފަދަ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބްޑް މީޓިންގ)، 31 މާރިޗް 2026 ވާ އަންގާރަދުވަހުގެ 11:00 ގައި މިކޯޓުގައި އޮންނާނެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުނަމްބަރ: 2014/19( ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތުގެ އަންދާސީ ހިސާބު ( އެއްޓިމޭޓް) ހުށަހެޅުން އޮންނާނީ 02 އޭޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދިޔަމިގިލީ މެޖިސްޓްރޭޓް ކޯޓުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިއުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
24 މާރޗް 2026