ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2026/42
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 23:11
ސުންގަޑި: 30 އޭޕްރިލް 2026 23:59
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 7-ޖީ/2026 "ގްރޭޓަރ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާއި ގުޅޭ

އުސޫލު ނަންބަރު 7-ޖީ/2026 ("ގްރޭޓަރ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު") ވަނީ 23 މާރިޗު 2026 ދުވަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. މިއީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕުރޮގުރާމުތަކުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ފުލެޓާއި ގޯތި ދޫކުރުމަށްޓަކައި އެކުލަވައިލައިފައިވާ އެކިއެކި އުސޫލުތަކުގެ ދަށުން، ފުލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން އެ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ގޯއްޗާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފުސީލީ އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލެވެ.

ބުނެވިދިޔަ އުސޫލަކީ ތިރީގައި ބަޔާންކުރެވިފައިވާ އުސޫލުތަކުގެ އިތުރުން، މުސްތަޤުބަލުގައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފުލެޓު ދޫކުރުމާއި ގުޅޭގޮތުން ޢާންމުކުރާ އުސޫލުގެތަކުގެ ދަށުން ދޫކޮށްލާ ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުކަމުގައި ދަންނަވަމެވެ.

  1. ނަންބަރު: 19-ޖީ/2022 (ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު)
  2. ނަންބަރު: 36-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު)
  3. ނަންބަރު: 37-ޖީ/2025 (މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު)
  4. ނަންބަރު: 5-ޖީ/2026 ("ގޯތިގެދޮރު" ޕުރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު)
  5. ނަންބަރު: 4-ޖީ/2026 ("ބިންވެރިޔާ" ޚާއްޞަ ސްކީމާ ގުޅޭ އުސޫލު)

ވީމާ، ގްރޭޓަރ މާލެ ސަރަޙައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ސަމާލުކަމަށްޓައި މި މަޢުލޫމާތު އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

23 މާރިޗު 2026