ނީލަން
ނަންބަރު: 601-A/2026/03
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 30 މާރިޗު 2026 10:30
އަރިއަތޮޅު އުތުރުބުރީ އުކުޅަހު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ ބޭނުންނުކުރާ ތަކެތި ނީލަން ކިޔުން

އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 601-A/2026/03 (02 މާރިޗު 2026) އިޢުލާނުގެ ނީލަމުގައި، އެއްވެސް ފަރާތަކުން ނުނަގާހުރި ތަކެތި ދެވަނަ ފަހަރަށް ނީލަމަށް ހުޅުވާލީމެވެ.

މިކޯޓުގެ ބޭނުންނުކުރާ ތަކެތި ނީލަން ކިޔުން 2026 މާރިޗު 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިކޯޓުގެ ކުރިމަތީގައި އޮންނާނެއެވެ.

މިނީލަމުގައި ވީހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.

ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މިކޯޓަށެވެ. ނީލަން ކިޔާ ތަކެތީގެ ތަފްޞީލް ލިސްޓް ތިރީގައި އެވަނީއެވެ.

ތަކެތީގެ ތަފްޞީލް

ޢަދަދު

ނީލަންފެށޭ އަގު (ރުފިޔާއިން)

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު (ރުފިޔާއިން)

ކޮމްޕިއުޓަރ މޮނިޓަރ 6CM4736BI

1

190.00

5

ކީބޯޑް KB0511 ވަޔަރޑް

1

15.00

5

ކޮމްޕިއުޓަރ މައުސް ވަޔަރޑް

1

7.50

5

ކޮމްޕިއުޓަރ މައުސް ވަޔަރޑް

1

7.50

5

ކޮމްޕިއުޓަރ ސީޕީޔޫ NEC

1

240.00

5

ލެޕްޓޮޕް Acer 4752

1

475.20

5

ނީލަމުން ނަންގަވާ ތަކެތި 2026 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 18:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި މިކޯޓުގެ ފަރާތުން ކުނީގެ ގޮތުގައި ނައްތައި ލެވޭނެއެވެ.              

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.         

 

 

23 މާރިޗު 2026