ދިވެހިރާއްޖެ
ޢިއުލާން
ޑރ.އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ބައުވެ ހަލާކުވެފައި ހުރި ތަކެތި ދުވަހުގެ ނީލަން ކިޔުން
މިހޮސްޕިޓަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ދުވަހުގެ ނީލަމެއް ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 01 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ ހަވީރު 16:00 އަށް ޑރ.އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އޮފީސް އިމާރާތުގެ ގޯތިތެރެއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރާ ފަރާތް ތަކުން 24 ގަޑިއިރުތެރޭގައި މި އޮފީހަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް އެޓޭޗްޑް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް މިހޮސްޕިޓަލުގެ ނަންބަރ: 6841974 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
23 މާރިޗް 2025