ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/037
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 22:57
ސުންގަޑި: 22 މާރިޗު 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/037

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

 

 

މަޤާމް:

ސެކިއުރިޓީ އޮފިސަރ (ފ. ނިލަންދޫ)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          ތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

-          ދިމާވާ މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަނެ، ލަސްނުކޮށް އެކަށީގެންވާ ފިޔަވަޅު އެޅުން.

-          ހަވާލުކުރެވިފައިވާ ސަރަހައްދުތަކުގައި ޤާނޫނާ ގަވާއިދާ ޚިލާފު ކަންކަން ހިނގާތޯ ބަލާ ރިޕޯޓުކުރުން.

-          ޑިއުޓީ ގަޑީގައި ވަޒީފާ އަދާކުރާ ސަރަހައްދުގައި އަބަދުވެސް ހާޒިރުވެ ހުރުން.

-          ޑިއުޓީ ފެށުމުގެ ކުރިން ޗެކްލިސްޓް ފުރިހަމަ ކޮށް، ކަމެއް ދިމާވެފައިވާ ނަމަ ސުޕަވައިޒަރ އަށް ލަސްނުކޮށް އެކަން އެނގުން.

-          ތަޅުލާންޖެހޭ ދޮރުތަކާއި ގޭޓްތައް ތަޅުލެވިފައިވާކަން، އަދި ހުޅުވާފައި ހުންނަންޖެހޭ ތަންތަން ހުޅުވިފައިވާކަން ކަށަވަރުކުރުން

-          ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަންތައްތައް ދެނެގަނެ، ކަމާ ބެހޭ ފަރާތްތަކަށް ލަސްނުކޮށް އެކަން ހިއްސާކުރުން

-          ކުއްލި ހާދިސާއެއް ދިމާވެއްޖެނަމަ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

-          މީގެ އިތުރުން ސުޕަވައިޒަރުން ނުވަތަ މެނޭޖްމެންޓުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރުން.

ޝަރުތުތައް:

-          ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ސިއްހީގޮތުން ދުޅަހެޔޮ، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

މުސާރަ:

-          11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ފ. ނިލަންދޫ

 

 

މަޤާމް:

ލޭބަރ (ފ. ނިލަންދޫ)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          ސައިޓުގައި ބެހެއްޓިފަހުރި ޓޭންކުތަކުގެ ސައުންޑިންގ ނެގުން

-          ސައިޓު ތެރެ ސާފުކޮށް ބެލެހެއްޓުން

-          ތެޔޮ ލޯޑުކުރުން

-          އެމީހަކާ ޙަވާލުވެފައިވާ މަސައްކަތްތަކުގެ އިތުން ސުޕަވައިޒަރުން ނުވަތަ މެނޭޖްމެންޓުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރުން.

ޝަރުތުތައް:

-          ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ސިއްހީގޮތުން ދުޅަހެޔޮ، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

މުސާރަ:

-          11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ފ. ނިލަންދޫ

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 މާރިޗް 2026 ވާ އާދީއްތަ ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

19.03.2026

19 މާރިޗު 2026