ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2026/053
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 16:44
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާގެ އެކި ދާއިރާތަކަށް ބޭނުންވާ ވަގުތީ މުވައްޒަފުން ހޯދުމަށް

ވަޒީފާ:

ވަގުތީ މުވައްޒަފުން

މަސައްކަތްކުރަން ޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ތިން މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތާއެކު، އެއް އަހަރު ދުވަހުގެ މުއްދަތަށް. އަދި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓް އާ ކުރެވޭނެ).

މަސައްކަތު ގަޑި:

ދުވާލަކު 8 ގަޑިއިރު

އުޖޫރަ:

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ފެންވަރާއި ތަޖުރިބާއަށް ރިއާޔަތްކޮށް، މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/160 ރުފިޔާ އާއި -/575ރ އާ ދެމެދުގެ އުޖޫރައެއް ދެވޭނެއެވެ.

ޝަރުތު:

  • މަދުވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތަޢުލީމު ހާސިލްކޮށްފައިވުން (މަސައްކަތުގެ ދާއިރާއާ ގުޅުންހުރި ސެޓްފިކެޓެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ)؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ފަންނީ ހުނަރުވެރިކަން:

  • ދާއިރާގެ މަސައްކަތްތަކަށް އަހުލުވެރިވެފައިވުން.
  • ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ފަންނީ ޤާބިލުކަން ހުރުން.
  • ދިމާވާ މައްސަލަތައް ދެނެގަނެ، ހައްލު ހޯދުމުގެ ހުނަރު ހުރުން.
  • މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ހުރުން.
  • ވަގުތަށް މަސައްކަތް ނިންމުމަށް އިސްކަންދިނުމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުން.
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހާއި، އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން.
  • މަސައްކަތާ ގުޅުންހުރި އައު އުކުޅުތަކާއި މަޢުލޫމާތު ހޯދައި އުނގެނުމުގެ ޝައުޤުވެރިކަން ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައި).
  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން. (ލިބިފައިވާ ނަމަ).

އިންޓަވިއު ކުރުން:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިންޓަވިއުކޮށް މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތެއްނަމަ ވަޒީފާގެ ފުރުޞަތު ދެވޭނެއެވެ.

ސުންގަޑި

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000368 އާއި ގުޅުއްވުން އެދެމެވެ.

19 މާރިޗު 2026