ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2026/153
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 15:53
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނަގަންޖެހޭ ހުއްދަ ނެގުން

 (IUL)38-AC/38/2026/153 :ނަންބަރު

އިޢުލާން

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026

އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ނަގަންޖެހޭ ހުއްދަ ނެގުން

2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގައި ޤާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން އެތަންތަނަށް ވަނުމުގެ ހުއްދަ ނެގުމަކީ އެފަރާތްތަކުގެ ޒިންމާއެކެވެ. ވީމާ، ރިސޯޓުތަކާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އަދި ޖަލުތަކުގެ ވޯޓުލާ މަރުކަޒުތައް އޮބްޒާރވްކޮށް މޮނީޓަރ ކުރަން އެދޭ ފަރާތްތަކުން މި ތަންތަނުން ނަގަންޖެހޭ ހުއްދަ ދުރާލާ ނެގުމަށް އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2026