|
ވަޒީފާގެ ފުރުޞަތު
|
ނަންބަރ:IL-KPL/2026/008
|
|
ތާރީޚް:19 މާރޗް 2026
|
|
މަޤާމް
|
ސެކިއުރިޓީ އެސިސްޓެންޓް
|
|
ބޭނުންވާ ޢަދަދު:
|
04 (ހަތަރެއް)
|
|
އަސާސީ މުސާރަ:
|
-/4,100 ރ
|
|
އެހެނިހެން އިނާޔަތްތައް:
|
- -/3,500ރ އާއި -/5,000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.
|
|
މަޤާމުގެ ޝަރުތު:
|
- ގްރޭޑް - 8 ނިންމާފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ޑިއުޓީ އާއި ހަވާލުވާއިރު، ޑިއުޓީ ހޭންޑް އޯވަރ ޗެކްލިސްޓާއި ހޭންޑް އޯވަރ ރިޕޯޓް ފުރިހަމަކުރުމަށްފަހު ޑިއުޓީ އިންޗާޖަށް ހާވާލުކުރުން. ޑިއުޓީއެއް ފެށުމުގެ ކުރިން، ޑިއުޓީ ޕޮއިންޓްގައި ހުރިހައި އިކްއިޕްމަންޓްތައް ހަމަތޯ ރަގަޅަށް ބަލާ ޗެކްކުރުމަށްފަހު އެއްވެސް އިކްއިޕްމަންޓެއްގައި މައްސަލައެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ނަމަ، އެކަން އެވަގުތު ޑިއުޓީގައި އުޅުއްވާ ޑިއުޓީ އޮފިސަރ އަށް ރިޕޯޓް ކުރުން.
- ޕޯޓަށް އެކްސެސް ކޮންޓްރޯލް ޕޮއިންޓް ތަކުން ވަދެ ނުކުމެ ހަދާ މީހުން މޮނިޓަރކުރުމާއި، އާރު.އެފް.އައި.ޑީ ކާޑު ބޭނުންކޮށްގެން ވަދެ ނުކުމެ ހަދާ މީހާ، ގޭޓް ޑިސްޕްލޭއިން ފެންނަ ފޮޓޯއާއި ދިމާވެތޯ ޔަޤީންކުރުން އަދި ގޭޓުން ވަދެ ނުކުމެ ހަދާފަރާތްތަކުގެ އާރު.އެފް.އައި.ޑީ ކާޑްގެ މައްސަލައެއް އުޅޭނަމަ ސެކިއުރިޓީގެ އިދާރީ އޮފީހަށް ގުޅައި ވެރިފައިކޮށްފައިނޫނީ ވަދެ ނުކުމެ ހަދަން ހުއްދަ ނުދިނުން. ވަދެ ނުކުމެ ހަދާ ފަރާތްތަކުގެ އަތްދަބަސް ފަދަ ތަކެތި ޗެކްކުރުން އަދި ޝައްކުކުރެވޭ ކަމެއް ފާހަގަ ވާނަމަ ބެގޭޖުން ސްކްރީންކުރުން.
- ޕޯޓުގެ ސަރަހައްދާއި ސަރަހައްދު ވަށައިގެންވާ ލޭންޑްސައިޑް އަދި ވޯޓަރ ސައިޑް، ބައުންޑްރީތައް މަދުވެގެން ކޮންމެ 2 ގަޑިއަކުން ބަލާ ޗެކްކުރުމާއި، ސަރަޙައްދު އެތެރެއާއި ބޭރު ޗެކްކޮށް މައްސަލައެއް ހުރިނަމަ އެކަން ޑިއުޓީ އޮފިސަރގެ ސަމާލުކަމަށް ގެނައުން އަދި ޕެޓްރޯލް ޑިވައިސް ބޭނުން ކޮއްގެން ޕެޓްރޯލް ކުރުމާއި ސިސްޓަމްގައި ލޮގުކުރުން. ސަރަހައްދުގައި މީހުން ވަދެ އުޅެނީ ހުއްދަ ދީފައިވާ ޒޯނުތަކަށްތޯ ބެލުން، ޤަވާއިދާއި ޚިލާފަށް އުޅޭނަމަ އެކަން ހުއްޓުވުން އަދި އެއްބާރުލުން ނުދޭ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި ޑިއުޓީ އޮފިސަރގެ އިރުޝާދުގެ ދަށުން ޢަމަލު ކުރުން.
- މުދާ ކްލިއަކުރާ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންނާއި ވެހިކަލްތައް މޮނިޓަރކޮށް ހުއްދަނެތް ފަރާތްތައް އެސަރަހައްދުން ބޭރުކުރުން. އަދި ޝައްކުކުރެވޭ ފަރާތްތައް ހުއްޓުވާ ސުވާލުކުރުން. މުދާ ކްލިއަރކުރާ ސަރަހައްދުގައި ސޭފްޓީ ޝޫޒް، ސޭފްޓީ ވެސްޓް އަދި ހެލްމެޓް ބޭނުން ކުރޭތޯ ބަލާ ބޭނުން ނުކުރާ ފަރާތްތައް ސަރަހައްދުން ބޭރަށް ނެރުން، ޤަވާއިދާ ހިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު މެދުމަގާއި ހަވާލްވެ ހުރި އިންޗާޖް އަށް ރިޕޯޓު ކުރުން. މުދާ ބަރުކޮށްފައިވާ ވެހިކަލްތައް ގޭޓު ފާސް ނިމިފައިވާ ނަމަ ވީހާވެސް އަވަހަށް ސަރަހައްދުން ނެރުން.
- ކުޅުދުއްފުށީ ޕޯޓްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
|
ސުންގަޑި:
|
26 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.
|
|
މަސައްކަތް ކުރަންޖެހޭ ތަން :
|
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި
|
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)
|
|
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު:
|
https://shorturl.at/gjnAM
|
|
ހުށަހަޅަންޖެހޭ އޮފީސް:
|
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި
އިތުރު މަޢުލޫމާތު: 6528558
އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނަމަ :
[email protected]
އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށް އެދޭ ފޯމާއިއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަޤާމުގެނަން އަދި އައިޑީ ކާޑް ނަމްބަރު ހިމެނުމަށް ދެންނެވީމެވެ.
|
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.
|