މަސައްކަތް
ނަންބަރު: (IUL)1096-B/2026/09
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 29 މާރިޗު 2026 14:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ފާހާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ސްކޫލްގެ ފާހާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

  1. މި ސްކޫލުގެ ފާހާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18 މާރިޗު 2026 އިން  29 މާރިޗު 2026 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

     4.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

     4.2- ރަޖިސްޓްރީ ނަންބަރު.

     4.3- އީމެއިލް އެޑްރެސް.

     4.4- ގުޅޭނެ މޯބައިލްނަންބަރު.

  1. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 01 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 10:00ގައި  މިސްކޫލުގެ ކޮންފަރެންސް ރޫމް ގައެވެ.
  2. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 އެޕްރީލް 2026 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 08 އެޕްރީލް 2026 ވަނަ ދުވަހުގެ 10:00 ގައި މިސްކޫލުގެ ކޮންފަރެންސްރޫމްގައެވެ.
  4. ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

 އީ-މެއިލް:  [email protected]

18 މާރިޗު 2026