ވަޒީފާގެ ފުރުޞަތު
ނަންބަރު: MCA/IL/005/2026
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 22:16
ސުންގަޑި: 31 މާރިޗު 2026 14:00
މޯލްޑިވްސް ޗެސް އެސޯސިއޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ޖެނެރަލް ސެކްރެޓަރީއެއް ހޯދުމާއި ގުޅޭ

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު ހުސްވެފައިވާތީ، މި މަޤާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ސިޓީ، ތަޢުލީމީ ފެންވަރު އަންގައިދޭ އެކްރެޑިޓެޑް ސެޓިފިކެޓުތަކުގެ ކޮޕީ، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަންތަނުން ދީފައިވާ ތަޖުރިބާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން އެ މުވައްޒަފެއް މި ވަޒީފާއަށް ވީއްލާނެކަމުގެ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

މި  ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައި ވާނެއެވެ. މި ވަޒީފާއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސުރުޚީގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ޖެނެރަލް ސެކްރެޓަރީއެއް ހޯދުމާއި ގުޅޭ."

މޯލްޑިވްސް ޗެސް އެސޯސިއޭޝަން

ޗެސް އާކޭޑް، ސްޕޯރޓްސް ކޮމްޕްލެކްސް

ހުޅުމާލެ، ދިވެހިރާއްޖެ

ފޯނު: (+960) 7310073

އީ-މެއިލް: [email protected]

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ޗެސް އެސޯސިއޭޝަނަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.

17 މާރިޗު 2026