ދިވެހިރާއްޖެ
އިއުލާން
ނަމްބަރ: 137-IU/PR/2026/37
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރާ އެމްސީޖީއެޗް އޮޕްޓިކަލް ޝޮޕްގެ ޓެކްނީޝަނުންނާއި އަދި ޓްރޭނިންގއަށް ދާފަރާތްތައް ބޭތިއްބުމަށްޓަކައި 03 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓެއް 06 މަސްދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މައުލޫމާތު ބަޔާންކޮށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި ކުއްޔަށް ދޭނެ ފަރާތެއް ހޮވުމުގައި މާރކްސްދެވޭނެ މިންގަޑު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
މިއިޢުލާނުގެ ދަށުން އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯސަލްތައް 23 މާރިޗު 2026ގެ 14:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3335201 އަށް ގުޅުއްވުން އެދެމެވެ.
|
1 |
މަހު ކުލި |
90 މާކްސް |
|
2 |
ތަނުގެ ބޮޑުމިން (އަކަ ފޫޓުން)، ތަނުގެ ފެންވަރު އަދި ފުރިހަމަކަން |
5 މާކްސް |
|
3 |
އިމާރާތް ނުވަތަ ފްލެޓާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ހުރި ދުރުމިން |
5 މާކްސް |
|
މުހިންމު ނޯޓް |
ހުށަހަޅާ ޕްރޮޕޯސަލްގެ ތެރެއިން އިވެލުއޭޓްކުރެވޭނީ ތިރީގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަވާ ފަރާތްތަކެވެ.
|
|
26 ރަމަޟާން 1447
15 މާރިޗު 2026