ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2026 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ އާއި ގުޅޭގޮތުން 26 ފެބްރުއަރީ 2026 ގައި ކުރެވުނު އިޢުލާން ނަންބަރު TTAM/IUL/141/2026/001 އާއި ޙަވާލާދީ ދަންނަވަމެވެ.
28 މާރިޗެ ވާ ހޮނިހިރު ދުވަހުގެރޭ ބޭއްވުމަށް ތާވަލު ކުރެވިފައިވާ މި އެސޯސިއޭޝަންގެ 2026 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ
ތަން: ހ. ބޯޅަގެ ސެމިނަރ ރޫމް ( ގްރައުންޑް ފްލޯރ)
ގަޑި: 21:00 | ތާރީޚް: 28 މާރިޗު 2026
އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ޙައްޤު ލިބިދޭނީ އިޢުލާން ނަންބަރު TTAM/IUL/141/2026/001 ގައި ވާފަދައިން ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން 10 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މިއަހަރުގެ އަހަރީ ފީ ދައްކާފައިވާ މެމްބަރުންނަށެވެ.
އަދި، ހިންގާ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުރިހަމަ މެމްބަރެއްގެ ގޮތުގައި އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ކްލަބް، ޖަމްޢިއްޔާ ޖަމާޢަތްތަކުން ތަމްޘީލް ކުރާނެ ޢާންމު ފަރުދަކު އެފަދަ ކްލަބް، ޖަމްޢިއްޔާ، އަދި ޖަމާޢަތެއްގެ މެމްބަރުންގެ ތެރެއިން ހޮވަންވާނެއެވެ. އެސޯސިއޭޝަންގެ ޖަލްސާއެއްގައި ބައިވެރިވުމަށް މަދުވެގެން 2 (ދޭއް) ދުވަސްކުރިން އެފަދަ ޢާންމު ފަރުދެއްގެ ނަމާއި، އޭނާގެ ވަނަވަރު އެސޯސިއޭޝަނަށް ފޮނުވަންވާނެއެވެ. މިގޮތުން ހަމަޖެއްސޭ މަންދޫބަށް ބަދަލެއް ގެނެވިއްޖެނަމަ އެކަން ވީއެންމެ އަވަހަކަށް އެސޯސިއޭޝަންއަށް އަންގަންވާނެއެވެ.
ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިއެސޯސިއޭޝަންގެ މެމްބަރުކަން ކަށަވަރު ކޮށްފައިވާ 2026 ވަނަ އަހަރަށް މެމްބަރޝިޕް ފީ ދައްކާފައިވާ މެމްބަރުންގެ ލިސްޓް އަދި އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވުމުގެ ހައްޤު ލިބިފައިވާ މެމްބަރުންގެ ލިސްޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާކަން ދަންނަވަމެވެ.
އަހަރީ އާޢްމު ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހެންދުނު 10:00 ން 18:00 ށް މިއެސޯސިއޭޝަންގެ ހޮޓްލައިން 9794014 ނުވަތަ 10:00 އާއި 16:00 އާއި ދެމެދު 7778722 ނަންބަރާއި ގުޅުއްވުން ނޫނީ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.