ޢާންމު މަޢުލޫމާތު
ނަންބަރު: BAM-IUL-2026-008
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 23:36
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވެޓަރަންސް މުބާރާތާއި ބެހޭ

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 26 މާރިޗު 2026 އިން 01 އޭޕްރިލް 2026 އަށް ބޭއްވުމަށް ތާވަލު ކުރެވިފައިވާ " 4 ވަނަ ވެޓަރަންސް ބެޑްމިންޓަން މުބާރާތް "  މިމުބާރާތުގެ ނަމާއި ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޙް އަށް ބަދަލު ގެނެވިފައިވާކަން ދަންނަވަމެވެ.

މުބާރާތުގެ ނަން  " ސީނިއަރ މިކްސްޓީމް ޗެމްޕިއަންޝިޕް" އަށް ބަދަލު ކުރެވި މުބާރާތް ބޭއްވުމަށް ކަންޑައެޅިފައިވާ ތާރީޙަކީ 07 އޭޕްރިލް 2026 އިން 12 އޭޕްރިލް 2026 ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 15:00 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) ނުވަތަ ވަޓްސްއެޕް 9904057 އަށް ގުޅުއްވުން އެދެމެވެ.

11 މާރިޗު 2026