މަސައްކަތް
ނަންބަރު: 134-PRO/I/2026/44
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 23:07
ސުންގަޑި: 17 މާރިޗު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯގެ ބިދޭސީ މުވައްޒަފުންގެ މެޑިކަލް އެގްޒެމިނޭޝަން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ އެކި ސައިޓްތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ އާ ގުޅިގެން ހަދަންޖެހޭ މެޑިކަލް އެގްޒެމިނޭޝަން ނުވަތަ ހެލްތް ސްކްރީނިންގް ޚިދުމަތްތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ސިއްހީ ޚިދުމަތްދޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

 ތާރީޙް

 ވަގުތު

ބިޑްހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

 އީމެއިލް މެދުވެރިކޮށް

 [email protected]

17 މާރޗް 2026

މެންދުރުފަހު 12:00ގެ ކުރިން

މައުލޫމާތު ކަރުދާސް

އެޓޭޗްކުރެވިފައި

 އަންދާސީ ހިސާބު ހުށަހެޅުން އެންމެ ފަހުގެ ތާރީޚް:

 އީމެއިލް މެދުވެރިކޮށް

 [email protected]

17 މާރޗް 2026

މެންދުރުފަހު 12:00ގެކުރިން

 ބީލަން ހުޅުވުން

 މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

17 މާރޗް 2026

މެންދުރު 13:00ގައި

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ ނަން

- ކުންފުނި ރެޖިސްޓްރޭޝަން ނަމްބަރު / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަމްބަރު

- ނަމާއި ފޯނު ނަންބަރު

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް:  ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި  [email protected]  އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

11 މާރިޗު 2026