މަސައްކަތް
ނަންބަރު: (IUL)RDC/RDC/2026/61
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 22:01
ސުންގަޑި: 17 މާރިޗު 2026 13:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Provision of Customs Broker for RDC – 2nd Announcement

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

 

(IUL)RDC/RDC/2026/61 :ނަމްބަރު

                  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ރާއްޖެއިން ބޭރުން އިމްޕޯޓްކުރާ މުދާ ކަސްޓަމްސް އިން ކްލިއަރކުރުމާއި، މާލެ ސަރަޙައްދުގައި އެ ކޯޕަރޭޝަނުން ކަނޑައަޅާ ވަކި ތަނަކަށް އެ ތަކެތި އުފުލައި، ގުދަންކޮށްދިނުމުގެ ޚިދުމަތް 2 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2026 (އާދިއްތަ) ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް  ([email protected])މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.

-          އިއުލާން ނަންބަރ

-          އިއުލާން ނަން

-          ކޮމްޕެނީ ނަން

-          ފޯނު ނަންބަރ

-          އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް ހިމަނުއްވާ)

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވަނީ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރަޖިސްޓަރީ ފުރިހަމަކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވައި ފަރާތްތަކުން 15 މާރިޗު 2026 (އާދިއްތަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ޖަވާބު އީމެއިލް މެދުވެރިކޮއް ފޮނުވޭނެއެވެ.

-           ސުވާލުތަކުގެ ޖަވާބު ފޮނުވާނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.

-          ތަކެތި/ޙިދުމަތުގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 17 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 މި ކޯޕަރޭޝަންގެ މައި އޮފީހަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

                            ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                           

                            09 މާރިޗު  2026

 

10 މާރިޗު 2026