ދިވެހިރާއްޖެ
އިޢުލާން
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގައި ބައިވެރިވުމަށް ހުޅުވާލުން
ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ [ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ] ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ދިވެހި ޒުވާނުންނަށް ވަނީ ހުޅުވާލެވިފައެވެ.
ޝަރުތު:
- އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުން (އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމައެވެ.)
- ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން
ތަމްރީނުގެ މުއްދަތު: 3 މަސް ދުވަސް (ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ 2026 މެއި މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ.)
ތަމްރީނު ހިންގާ މަރުކަޒު: އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށި
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދެވޭނެއެވެ. މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދެވޭނޭއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން [ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު] ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި މި ވުޒާރާގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މި ވުޒާރާގެ ވެބްސައިޓް www.defence.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އެޕްރީލް 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 3035850 ނަންބަރު ފޯނަށެވެ.