މަސައްކަތް
ނަންބަރު: (IUL)88-ECRFS/88/2026/71
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 23:48
ސުންގަޑި: 18 މާރިޗު 2026 13:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގެ ބައެއް ސްކޫލުތަކުގެ ސްކޫލް ގާރޑަން ޕްރޮގްރާމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށް، ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން  އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ  އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން ގްރޭތަރ މާލެ ސަރަހައްދުގެ ބައެއް ސްކޫލުތަކުގައި ސްކޫލް ގާރޑަން (ދަޑުވެރިކުމުގެ) ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ  ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.


ކޯޓޭޝަން ހުށަހެޅުން:
ގަޑި: 13:00
ތާރީޙް: 18 މާރިޗު 2026 (ބުދަ)
 އީމެއިލް އެޑްރެސް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ  12 މާރިޗު 2026 ވާ ބުދަ ދުވަހު 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި އިއުލާނު ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޯޓޭޝަން ފޮނުއްވާއިރު ސަބްޖެކްޓުގައި ތިރީގައި ވާ ގޮތަށް ސަބްޖެކްޓުގައި ލިޔަންވާނެއެވެ.

"Supply Of Goods & Works For Schoolgarden Program Male’ – (IUL)88-ECRFS/88/2026/71"

08 މާރިޗު 2026