މަސައްކަތް
ނަންބަރު: (IUL)142-A5/142/2026/58
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 20:18
ސުންގަޑި: 26 މާރިޗު 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ހއ. ދިއްދޫ އިސްލާމިކް ސެންޓަރއަށް ބޭނުންވާ އެއަރކޮންޑިޝަން ޔުނިޓްތައް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ހަރުކޮއްދޭނެ ފަރާތެއް ހޯދުން

އިޢުލާން


ހއ. ދިއްދޫ އިސްލާމިކް ސެންޓަރއަށް ބޭނުންވާ  އެއަރކޮންޑިޝަން ޔުނިޓްތައް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި  ހަރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން  2026 މާރިޗް 26 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/j1p79h5WVp

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އެޕްރީލް 1 ވާ ބުދަ ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 އެޕްރީލް 16 ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020286 3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

08 މާރިޗު 2026