ދެންނެވުން
ނަންބަރު: 06/2026
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:58
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު 2025 (އިސްލާޙު 2) އާންމުކުރުން

ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު 2025 (އިސްލާޙު 2)، ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުގައި އާންމުކޮށްފައިވާނެކަމުގައި ދެންނެވީމެވެ.

https://www.csc.gov.mv/Policy/Index/94

 

ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު 2025 (އިސްލާޙު 2)އަށް ގެނެސްފައިވާ ބަދަލު:

އުޞޫލަށް 3 ވަނަ ނަންބަރުގެ ގޮތުގައި ނަންބަރެއް އިތުރުކުރުން:

3. ވަޒީފާ ބަދަލުކުރެވޭނެގޮތް: ޕަބްލިކް ސަރވިސް ރޭންކު 7 އަށް ވަޒީފާ ބަދަލުކުރާނީ، މި އުޞޫލުގެ ތެރެއިން ވަޒީފާ ބަދަލުކުރުމަށް ކަނޑައަޅާފައިވާ އެންމެހައި ކަންތައްތައް ފުރިހަމަވުމާއެކު، ފިނޭންސް މިނިސްޓްރީއިން ހުއްދަދީފައިވާ ތާރީޚުން ފެށިގެންނެވެ. 

08 މާރިޗު 2026