ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)365-ESD/365/2026/17
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 30 މާރިޗު 2026 12:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު މިސްކިތު އެސިސްޓެންޓުންގެ ޕޫލް އެކުލަވާލުން

އިޢުލާން

2026 ވަނަ އަހަރު މިސްކިތު އެސިސްޓެންޓުންގެ ޕޫލް އެކުލަވާލުން

މ.މުލީ މިސްކިތްތަކުގައި ކައުންސިލް އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން ދިމާވާ ހާލަތަކާއި ގުޅިގެން (އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް، އަދި ނޯޕޭލީވް) މަސައްކަތު ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަޤާމުގައި މަސައްކަތް ކުރުމަށް 01 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިކަމަށްޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.

މާޤާމް:

ކައުންސިލް އެސިސްޓެންޓް (ވޭޖު)

ބޭނުންވާ ޢަދަދު:

04

މަޤާމުގެ ގިންތިއާއި، މުއްދަތު:

ވަގުތީ (1 އަހަރު ދުވަހުގެ މުއްދަތަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މ. މުލީ ކައުންސިލްގެ އިދާރާ / ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތްތައް

މުސާރަ:

މަސައްކަތްކުރާ ގަޑިއަކަށް 45.00ރ (ސާޅީސް ފަސް ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

ދުވާލަކު 5 ގަޑި   ހަފުތާއަކު 7 ދުވަހު

މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓްކުރިން މިސްކިތަށްގޮސް ނަމާދު ކުރެވޭގޮތަށް މިސްކިތް ސާފުކުރުން.
  2. ސްޕަވައިޒަރ އަންގާ ގޮތެއްގެމަތިން މިސްކިތް ފޮޅާ ސާފުކުރުމާއި ފާހާނާ

އާއި އިސްކުރުބަރިތައް ޤަވާއިދުން ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތައް ކުނިކަހާ ސާފުކުރުން.

  1. މިސްކިތުގެ ބިއްލޫރިތަކާއި، ދޮރުތަކާއި، ފަންކާތަކާއި އޭސީތައް އަދި

ކަބަޑުތައް ފޮޅާ ސާފުކުރުން.

  1. މިސްކިތުގެ ފަންކާތަކާއި ބޮކިތައް އަދި އޭސީތައް ޖައްސާ ނިއްވުން.
  2. މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން ސްޕަވައިޒަރަށް އަންގަމުން

ގެންދިއުން.

  1. މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ފެންދީ ގަސްތައް ކޮށާ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކާއި ހިންގާ އެކި

އެކި ޕްރޮގްރާމާއި މުނާސަބަތުތައް ހިންގުމަށް ކައުންސިލުން އަންގައިފި

ހިނދެއްގައި ފުރިހަމައަށް އެއްބާރުލުން ދިނުން.

 

މަޤާމުގެ ޝަރުތު:

ލިޔަން ކިޔަން އެނގުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރ ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މާރިޗު 30 ވަނަ ދުވަހުގެ

12:00ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ

[email protected] އެވެ.

އަދި ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް

ކަނޑައަޅައިފިނަމަ އެ ކަނޑައެޅި ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބައިލައި

ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 އެޕްރީލް 7 އާއި 9 އާއި ދެމެދު މ.މުލީ ކައުންސިލް އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް "(A2) ފޯމް" އާންމުކުރުން:

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭ ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ޝީޓް) ޢާއްމުކޮށް ފެންނާނެހެން މި

އިދާރާގައި ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ

ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ

ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެނގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 މާރިޗު 2026