ޢާންމު މަޢުލޫމާތު
ނަންބަރު: 572-A/2026/3
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 22 މާރިޗު 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފަހު 10 އަދި ފިޠުުރު ޢީދަށް ދައުލަތުގެ އިދާރާތައް ބަންދުކުރެއްވުމަށް ނިންމާފައިވާ މުއްދަތުގައި މިކޯޓުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 

                    ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ނަންބަރު 04/2024  ދެންނެވުމުގައި ބަޔާންކުރައްވާފައިވާ ގޮތަށް ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ފަހު 10 އަދި ފިޠުރު ޢީދަށް އިދާރާތައް ބަންދުކޮށްފައި ހުންނަ ދުވަސްވަރު މިކޯޓުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިކޯޓުން ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކުރުމަށްޓަކައި މިކޯޓަށް ހުށަހަޅަން ބޭނުންވާ ފޯމްތަކާއި، ސިޓީފަދަ އެންމެހާ ލިޔެކިޔުންތައް ތިރީގައި މިދަންނަވާ މެއިލަށް ފޮނުއްވުން އެދެމެވެ.

                 އަދި ދަންނަވަމެވެ. މިކޯޓުން ފޯރުކޮށްދޭ އެއްވެސް ޚިދުމަތަކާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެއްޖެނަމަ ތިރީގައިވާ ހޮޓްލައިންތަކަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  • މައްސަލަތަކާއިކައިވެންޏާ ގުޅޭ ކަންކަން:

-          ސީނިއާ އެޑްމިނިސްޓްރޭޝަން އޮފިސަރ (ފޯން ނަންބަރު: 7903974)

  • ފައިސާ ދެއްކުމާ އިދާރީ އެހެނިހެން ކަންކަން:

-          އެސިސްޓެންޓް ކޯޓް އެޑްމިނިސްޓްރޭޝަން އޮފިސަރ (ފޯން ނަންބަރު: 9689918)

 

                   ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 މާރިޗު 2026