ދިވެހިރާއްޖެ
ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ، މި މިނިސްޓްރީގެ ޚިދުމަތްތަކުގެ ތެރެއިން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާއި، ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު ތިރީގައި މިދަންނަވާ ގޮތަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން، ލިޔެކިޔުމުގެ އަސްލު ހުށަހެޅުމަށް އަންގާ އެޕްލިކޭޝަންތަކުގެ އަސްލު 09 މާރިޗް 2026 އިން ފެށިގެން 19 މާރިޗް 2026 ގެ ނިޔަލަށް (ހުކުރު ހޮނިހިރު ފިޔަވާ) މި މިނިސްޓްރީގެ ރިސެޕްޝަނުން ހެނދުނު 11:00 އިން 13:00 އަށް ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މުއްދަތު އިތުރުކުރުން
- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ މުއްދަތު 09 މާރިޗް 2026 އިން 24 އޭޕްރިލް 2026 އާއި ދެމެދު ހަމަވާ ލައިސަންސް 09 މެއި 2026 ގެ ނިޔަލަށް އިތުރުކުރުން.
- ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްގެ މުއްދަތު 09 މާރިޗް 2026 އިން 24 އޭޕްރިލް 2026 އާއި ދެމެދު ހަމަވާ ލައިސަންސް 09 މެއި 2026 ގެ ނިޔަލަށް އިތުރުކުރުން.
- ސަލާމަތީ ސެޓިފިކެޓް ތަކުގެ މުއްދަތު 09 މާރިޗް 2026 އިން ފެށިގެން ހަމަވާ އުޅަނދުފަހަރުގެ ސެޓްފިކެޓްތައް 09 މެއި 2026 ގެ ނިޔަލަށް އިތުރުކުރުން.
އަދި ދަންނަވަމެވެ. މި މުއްދަތުގައި މި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެކަމުގައި ދެންނެވީމެވެ. އެހެންނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގޮތުން ކޮންމެހެން ގުޅަންޖެހޭ ޙާލަތްތަކުގައި، މި މުއްދަތުގެ ތެރޭގައި (ހެނދުނު 10:00 އިން މެންދުރު 13:00 އާއި ދެމެދު) މި މިނިސްޓްރީގެ ނަންބަރު 7212719 ފޯނަށް ގުޅުއްވުމަށް ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.