ދިވެހިރާއްޖެ
ދައުލަތުގެ އައު ޕޭ ފްރޭމްވަރގެ ދަށުން އެކުލަވާފައިވާ ޖޮބް މެޓްރިކްސްތަކާ އެއްގޮތަށް އުފައްދާފައިވާ ސިވިލް ސަރވިސްގެ މަޤާމުތަކަށް އިޢުލާންކުރާ އިރު، ތަޢުލީމީ ސަނަދުތަކުގެ ލެވެލް، ޖޮބް މެޓްރިކްސްތަކުގައިވާ ގޮތަށް ޝަރުޠުގައި ބަޔާންކުރުމުގެ ބަދަލުގައި، ތިރީގައިވާ ތާވަލާއެއްގޮތަށް ޝަރުޠު ބަޔާންކުރުމަށް ދަންނަވަމެވެ.
|
ޝަރުޠުގައި ބަޔާންކުރާނެ ގޮތް |
ޖޮބް މެޓްރިކްސްގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ލެވެލް |
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓު 3 ގެ ސެޓްފިކެޓެއް |
"ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް" |
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓު 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް |
"ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް" |
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ |
"ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް" |
|
ދިވެހިރާއްޖޭގ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ |
"ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް" |
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ |
"ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް" |
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ |
"ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް" |
ނަމަވެސް، ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކުގެ ތެރެއިން ޝަރުތުތަކުގެ ގޮތުގައި ޕްރޮފެޝަނަލް ސަނަދު ކަނޑައަޅާފައިވާ މަޤާމުތަކަށް އިޢުލާނުކުރުމުގައި ބޭނުންކުރަންވާނީ ޖޮބް މެޓްރިކްސްތަކުގައި ކަނޑައަޅާފައިވާ ޝަރުޠެވެ. (މިސާލު: އެކައުންޓެންޓުންގެ ޖޮބް މެޓްރިކްސްގެ ޝަރުޠުގައި ބަޔާންކޮށްފައިވަނީ ޕްރޮފެޝަނަލް ކޮލިފިކޭޝަންތައްކަމުން، އެ މެޓްރިކްސްގެ މަޤާމުތަކަށް ބޭނުންކުރާނީ އެ ޖޮބް މެޓްރިކްސްގައި ބަޔާންކުރާ ޝަރުޠެވެ).
އަދި، މަގާމުގެ ކުރިއެރުންދިނުމަށް، އެ މަޤާމަށް ޝަރުޠު ފުރިހަމަކުރުމުގައި ވެސް މި ސަރކިއުލަރއާ އެއްގޮތަށް ޢަމަލުކުރުމަށް ދެންނެވީމެވެ.