ދިވެހިރާއްޖެ
ފިޠުރު ޢީދު ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމުގަނޑުވަރުގެ ޚިދުމަތްދިނުމާއި ގުޅޭ.
އުތީމު ގަނޑުވަރަކީ، ރަސްމީ ދުވަސްތަކުގެ އިތުރުން ބަންދު ދުވަސްތަކުގައި ވެސް ގިނަ ޢަދަދެއްގެ ދިވެހީންނާއި ފަތުރުވެރީން ޒިޔާރަތްކުރާ ދިވެހީންގެ ސަގާފީތަރިކައިގެ ތެރޭގައި ހިމެނޭ މުހިއްމު ބިނާއެކެވެ. އެހެންކަމުން، ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިހިނގާ 2026ވަނަ އަހަރު ވެސް ރަސްމީ ބަންދު ދުވަސްތަކުގައި ހއ. އުތީމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އުތީމު ގަނޑުވަރު ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި މަރުކަޒުން އިސްކަންދޭ ކަމެކެވެ.
އެ ގޮތުން، 2026ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތައްކަމުގައި ކަނޑައެޅިފައިވާ ދުވަސްތަކުގެ ތެރޭން ތިރީގައި މި ދަންނަވާ ދުވަހުގައި އުތީމުގަނޑުވަރު ހުޅުވައި ޚިދުމަތް ދެވޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ.
|
ތާރީޚު |
ދުވަސް |
މުނާސަބާ |
|
21 މާރިޗް 2026 02 ޝައްވާލް 1447 |
ހޮނިހިރު |
ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި |
އިސްވެ ދެންނެވުނު ދުވަހުގެ އިތުރުން، 2026 މާރިޗް 23 ން 2026 މާރިޗް 26 ގެ ނިޔަލަށް ހެނދުނު 9:00ން މެންދުރުފަހު 13:00އަށް އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ. ޓިކެޓު ވިއްކާނީ ހެނދުނު 9:15ން މެންދުރުފަހު 12:30އަށެވެ. ހުކުރު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.
2026 މާރިޗް 28 ވަނަ ދުވަހުން ފެށިގެނ ރަސްމީ ބަންދުނޫން ދުވަސްތަކުގައި (ހޮނިހިރުން ބުރާސްފައްޗަށް) ކޮންމެ ދުވަހަކު ހެނދުނު 8:00ން މެންދުރުފަހު 14:00އަށް އުތީމު ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ. ޓިކެޓު ވިއްކާނީ ހެނދުނު 8:15ން މެންދުރުފަހު 13:30އަށެވެ. ހުކުރު ދުވަހު އުތީމުގަނޑުވަރު ބަންދުވާނެއެވެ.