ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-2/1/2026/69
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 19 މާރިޗު 2026 12:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
1447 ގެ ރަމަޟާން މަހުގެ 20 އިން 30 އަށް ސަރުކާރު ބަންދު ދުވަސްތަކުގައި މި ވުޒާރާއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް

އިޢުލާން

1447 ގެ ރަމަޟާން މަހުގެ 20 އިން 30 އަށް ސަރުކާރު ބަންދު ދުވަސްތަކުގައި މި ވުޒާރާއިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، މި މުއްދަތުގައި މި ވުޒާރާއިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖައްސާފައިވާ ކަމުގައި ދަންނަވަމެވެ. ޚިދުމަތް ދެވޭނީ މުވައްޒަފުން ގޭގައި ތިބެގެން ކަމަށާއި މިގޮތުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މި ދަންނަވަނީއެވެ.

1-ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ ޚިދުމަތްތައް:

"މަކުޑި" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރެވޭނީ 10 މާރިޗު އިން 19 މާރިޗު 2026 އާ ދެމެދު، ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މި ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7392601 އަށެވެ.

 

2-އަލިފާން ނިވާ ނިޒާމްތަކާގުޅޭ ޚިދުމަތްތަކާއި ތެލުގެ ބާވަތްތައް ރައްކާކޮށް ގެންގުޅުމާބެހޭ ޚިދުމަތްތައް:

ޚިދުމަތަށް އެދި ހުށަހަޅާ ލިޔެކިޔުންތައް [email protected] އަށް އީ-މެއިލް ކުރެއްވުމުން އެޕްލިކޭޝަންތައް ޕްރޮސެސްކުރެވޭނެ 10 މާރިޗު އިން 19 މާރިޗު 2026 އާ ދެމެދު، ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މި ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7382601 އަށެވެ.

 

3-ޑްރޯން އެރުވުމުގެ ހުއްދަ ދޫކުރުން:

ވަންގަވް ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ޕްރޮސެސްކުރެވޭނީ 10 މާރިޗު އިން 19 މާރިޗު 2026 އާ ދެމެދު، ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މި ޚިދުމަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7522601 އަށެވެ.

 

4-އެހެނިހެން ޚިދުމަތްތައް:

ޚިދުމަތަށް އެދި [email protected] އަށް އީ-މެއިލް ކުރެއްވުމުން، ޖަވާބު ދެވޭނީ 10 މާރިޗު އިން 19 މާރިޗު 2026 އާ ދެމެދު، އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7522601 އަށެވެ.

08 މާރިޗު 2026