މުބާރާތް
ނަންބަރު: (IUL)325/325/2026/20
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 01 ޖޫން 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026 (ކައިޓް ސަރފިންގް) ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 28 ޖޫން އިން 05 ޖުލައި 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޅަނގި ޗެލެންޖް 2026 " ކައިޓް ސަރފިންގް މުބާރާތުގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ހުޅުވާލަމެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.ގޮއިދޫ ގައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 01 ޖެނުއަރީ 2026 އަށް 14 އަހަރު ފުރިފައިވާ ފިރިހެން ބައިވެރިންނަށެވެ.

     01 ޖޫން 2026 ގެ ކުރިން ތިރީގައިވާ ރަޖިސްޓްރޭޝަން ލިންކު ފުރިހަމަ ކުރެއްވުމުން މި މުބާރާތުގައި ބައިވެރިވޭނެއެވެ.

     ރަޖިސްޓްރޭޝަން ލިންކު: https://forms.gle/BMuW2VKC6gJmAzzH7

            އިތުރު މަޢުލޫމާތު: 9100070 / 9530602 / 9999827

 

           މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                             19 ރަމަޟާން 1447

08 މާރިޗު 2026