ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)353/353/2026/20
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 09:42
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ނެގުމާބެހޭ

    ކުރެހުން ފާސްކޮށްގެން ޢިމާރާތްކުރުމުގެ ހުއްދަ ނަގާފައިވާ މިރަށުގައި ޢިމާރާތް ކުރަމުންދާ ތަންތަން، ޢިމާރާތްކުރުމުގެ މަސައްކަތްކޮށް ނިމި ޢިމާރާތް ބޭނުންކުރަން ފެށުމުގެ ކުރިން ޤަވާއިދު ނަންބަރު: 2019/R-1004 (ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) ގެ ފަސްވަނަ ބާބު (ބާވަތް 1 ގެ ޢިމާރާތެއް ބޭނުންކުރަން ފެށުން) ގައިވާ ގޮތުގެމަތިން، ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ނެންގެވުން އެދެމެވެ. އަދި ވަކިކަމަކަށް ޙާއްޞަކޮށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ނަގަންޖެހޭ ޙާލަތްތަކުގައި ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ނެންގެވުމަށްފަހު، އެހެނިހެން ހުއްދައާއި އިޢުތިރާޟް ނުކުރާކަމުގެ ލިޔުން ހޯދުމަށް އެދި މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުއްދައަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 މާރިޗު 2026