ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-BC/182/2026/19
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 08 އޭޕްރިލް 2026 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ހުށަހަޅަމުންދާ ހެލްތު ސެޓްފިކެޓްތަކުގައި ހިމަނަންޖެހޭ މަޢުލޫމާތު

އިޢުލާން

މި އޮތޯރިޓީގެ ނަންބަރު IUL)182-BC/182/2025/4) އިޢުލާނާއި، ނަންބަރު IUL)182-BC/182/2025/34) އިޢުލާނާއި އަދި ނަންބަރު IUL)182-BC/182/2026/1) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ހުށަހަޅަމުންދާ ހެލްތު ސެޓްފިކެޓްތަކުގައި ހިމަނަންޖެހޭ މަޢުލޫމާތު، ކޯޑެކްސް އެލިމެންޓޭރިއަސްގެ މިންގަނޑަށް ގެނައުމަށް މި އޮތޯރިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި ކާބޯތަކެތި އިމްޕޯޓުކުރާ ބައެއް ފަރާތްތަކަށް އެކްސްޕޯޓުކުރާ ޤައުމުތަކުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމަށް ގިނަ ދުވަސްތަކެއް ނަގާތީ އެކަން މި އޮތޯރިޓީގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.  

ވީމާ، މަތީގައި ބަޔާންކޮށްފައިވާ މިންގަނޑަށް ހެލްތު ސެޓްފިކެޓްތައް ފުރިހަމަ ކުރުމަށް ދީފައިވާ މުއްދަތު 2026 ޖޫން 30ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްދީފައިވާކަން އަންގަމެވެ. އަދި މި މިންގަނޑުތައް ފުރިހަމަ ނުވާ ހެލްތު ސެޓްފިކެޓްތަކަށް 30 ޖޫން 2026ގެ ފަހުން ހެލްތު ކުލިއަރެންސް ނުދޭނެކަން އަންގާ އިޢުލާން ކުރީމެވެ.

 

19 ރަމަޟާން 1447ހ.

                                                  08 މާރިޗު 2026މ.

08 މާރިޗު 2026