ދިވެހިރާއްޖެ
ޕްރީސުކޫލް ޓީޗަރ
|
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު (2010/07) ގެ 24 ވަނަ މާއްދާގެ (ކ) ގެ ދަށުން ރަށު ކައުންސިލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއިން ހިންގާ ޕްރީސްކޫލުގައި ކިޔަވައިދޭނެ ޕްރީސްކޫލް ޓީޗަރުން ހޯދަންބޭނުންވެއްޖެއެވެ.
|
|
|
މަޤާމު: |
ޕްރީ ސްކޫލް ޓީޗަރ |
|
ބޭނުންވާ އަދަދު: |
02 (ދޭއް) |
|
މުސާރަ: |
މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 21/52 (ފަންސާސް ދެ ރުފިޔާ އެކާވީސް ލާރި) (ދުވާލަކު 5 ގަޑިއިރު) އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. |
|
މަޤާމުގެ ގިންތި |
ވޭޖް ކޮންޓްރެކްޓް |
|
މަޤާމުގެ މުއްދަތު |
01 އަހަރަށް (2026 ގެ އެކަޑެމިކް އަހަރު ނިމެންދެން) |
|
މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑީގެ ޢަދަދު |
ނ. ފޮއްދޫ ކައުންސިލް ޕްރީސުކޫލް ހިންގުމަށް ކައުންސިލުން ކަނޑައަޅާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން (ދުވާލަކު 5 ގަޑިއިރު) |
|
މަސައްކަތްކުރަންޖެހޭތަން |
ނ. ފޮއްދޫ ޕްރީސުކޫލް ހިންގާ އިމާރާތް / ނ. ފޮއްދޫ ކައުންސިލްގެ އިދާރާ |
|
ފެންވަރު ނުވަތަ ޝަރުތު |
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް ޕްރިފަރޑް ޑިސިޕްލިން: ނެތް ކޯ ޑިސިޕްލިން: ނެތް |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
|
ހުށައަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް . (ފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ . 4. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ). 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު ) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، އެފަދަ ތަނެއްގައި އުޅުނުކަން އެނގޭނެ ރިފަރެންސް ދޭނެ ފަރާތެއްގެ ނަމާއި ފޯން ނަންބަރ |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2025 ގައިވާ ވާގޮތުގެ މަތިން. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
(ހ) މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (ށ) އަދި އިޢުލާނުގެ ސުންގަޑި ހަމަވާއިރު، އެއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެއް ކަމުން ސަރުކާރު ބަންދުނަމަވެސް، ލިޔުންތައް ހުށަހެޅޭނެ އިންތިޒާމް މި ކައުންސިލުން ހަމަޖައްސައިދެވޭނެއެވެ. އެގޮތަށް ބޭނުންވާ ފަރާތްތަކުން މި ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ފާޠިމަތު ނުހާ (7619011) އާ ގުޅުމުން އެ އިންތިޒާމް ހަމަޖެހޭނެއެވެ. |
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި އެކު) އޮންނާނީ، 18 މާރޗް 2026 ވާ ބުދަ ދުވަހުގެ ރޭ 10:00 ގައި، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލް އިދާރާގެ 6560016 ނަމްބަރ ފޯނާއެވެ. |
|