ދިވެހިރާއްޖެ
ނަންބަރު: (IUL)374-D/374/2026/7
އިޢުލާން
އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމާބެހޭ :
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 06 މަސްދުވަހުގެ މުއްދަތަށް އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
މި އެޕާރޓުމަންޓުގައި ހުންނަން ބޭނުންވާ ކަންކަމުގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓު (www.faafnilandhoo.gov.mv) އާއި، ފޭސްބުކް ޕޭޖު (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އެއްކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ.އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
15ޝާޢުބާން 1447
04 މާރިޗު 2026