ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2026/27
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 08 މާރިޗު 2026 12:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

މިރަށު "މައުވާ" ގޭގެ އިރުމަތިން އޮތް ގެވަޅުގައި އަދި ހުޅަނގުން އޮތް ހުސްބިމުގައި ހުރި (ރަތް ކުލައިގެ ދަވާދުންX  ޖަހާފައިވާ )  ތިރީގައި މި ދަންނަވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • "މައުވާ" ގޭގެ އިރުމަތިން އޮތް ގެވަޅުގައި ހުރި 03 ދިވެހި ރުއް
  • "މައުވާ" ގޭގެ ހުޅަނގުން އޮތް ހުސްބިމުގައި ހުރި 02 ދިވެހި ރުއް

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިއެއްވާނަމަ، ރުއްގަސް ނަގައިގެން ގެންދިއުމަށް ނުވަތަ އެއަކީ އެފަރާތުގެ ރުއްގަސްކަން އެނގޭނެ ލިޔުމެއް 2026 މާރިޗް 08 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި ދެންނެވި ސަރަޙައްދު އެނގޭނެ ޗާޓެއް ތިރީގައި ހިމަނާފައި އެވަނީއެވެ.

04 މާރިޗު 2026