ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-CAA/416/2026/24
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 18 މާރިޗު 2026 17:30
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ބެލުން

1447 ވަނަ އަހަރުގެ ޝައްވާލު މަހަށް ހަނދުބެލުން މި ހިނގާ ރަމަޟާން މަހުގެ 29 (18 މާރިޗު 2026) ވާ ބުދަ ދުވަހުގެ ހަވީރު 5:30 ން ފެށިގެން އޮންނާނެއެވެ.

ވީމާ، ވީހާވެސް ގިނަ ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ހަނދު ފެނިއްޖެނަމަ ހަނދު ފެނުނު މީހާގެ ނަމާއި، އެޑްރެހާއި، ހަނދު ހުރި އުސްމިނާއި، މިސްރާބު ފަދަ މަޢުލޫމާތުތައް ދިނުމަށްޓަކައި ހަނދު ފެނުނު މީހާ ވަގުތުން މަޑަވެލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުވެ މަޢުލޫމާތު ދެއްވުމަށް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 މާރިޗު 2026