ޢާންމު މަޢުލޫމާތު
ނަންބަރު: (PP)168-CA/168/2026/3
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:09
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަސް ބަންދުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިދުމަތްތައް ދިނުމުގެ އުސޫލު

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަސް ބަންދުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިދުމަތްތައް ދިނުމުގެ އުސޫލު

 

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ދުވަސް ( 09 މާރިޗް 2026 – 19 މާރިޗް 2026 ) އަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ މި މުއްދަތުގައި ކޮމިޝަނުގެ ހިދުމަތްތައް ދެމުންދާނީ އަންނިވި ގޮތަށެވެ.

 

ކޮމިޝަނަށް ހުށަހެޅޭ ލިޔެކިޔުމާއި މައްސަލަތައް ބަލައިގަތުމުގައި އަމަލު ކުރާނެ ގޮތް

މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަހެޅުއްވުމަށް ކޮމިޝަނުގެ ރަސްމީ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ކޮމިޝަނުގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް މައްސަލަ ހުށަހެޅުއްވުމަށާއި މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހިލޭގުޅޭ ނަންބަރު 1424 އަށް ގުޅުއްވުން އެދެމެވެ.

ކޮމިޝަނުގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހެޅުއްވުމަށް [email protected] އަށް އީމެލް ކުރެއްވުން އެދެމެވެ. ނުވަތަ މައްސަލަ ހުށަހެއްޅުވުމަށާއި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހިލޭގުޅޭ ނަންބަރު 1624 އަށް ގުޅުއްވުން އެދެމެވެ.

04 މާރިޗު 2026

04 މާރިޗު 2026