ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-PM/420/2026/7
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:41
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ބަނދަރު އަޕްގްރޭޑްކުރާ ސަރަހައްދުގައި އަޅާފައިވާ ޑިންގީތައް އެސަރަޙައްދުން ނެގުމާއި ގުޅޭ

     ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑްކުރުމާއި ގުޅޭ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރ މިއަދު ރަތަފަންދޫ އަށް މޮބިލައިޒްކޮށްފައިވާތީ ބަނދަރު އަޕްގްރޭޑްކުރާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ (ޗާޓުން ފާހަގަކޮށްފައިވާ) ސަރަހައްދުގައި އަޅާފައިވާ ޑިންގީ/ އުޅަނދުތައް 3 ދުވަސްތެރޭ އެސަރަހައްދުން ނެގުމަށް ޑިންގީ ތަކުގެ ވެރިފަރާތްތަކަށް ވަނީ އަންގާފައެވެ. ޑިންގީތައް އެސަރަޙައްދުން ނުނަގައި އޮތުމުގެ ސަބަބުން މަސައްކަތް ކުރަމުންދާއިރު ލިބޭ ގެއްލުމަކަށް ކޮންޓްރެކްޓަރ އަދި މިކައުންސިލުން ޒިންމާ ނުވާނެކަން ވެސް މިފުރުޞަތުގައި ދަންނަވަމެވެ.

     މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

04 މާރިޗު 2026