ބީލަން
ނަންބަރު: (IUL)317-PP/317/2026/12
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 24 މާރިޗު 2026 11:30
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ދޮންފަނު ބަނދަރަށް ބޭނުންވާ ސީސީޓީވީ ކެމެރާ ސިސްޓަމް ސަޕްލައި ކުރުމާއި އިންސްޓޯލްކުރުން.

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ދޮންފަނު ބަނދަރަށް ބޭނުންވާ ސީސީޓީވީ ކެމެރާ ސިސްޓަމް ސަޕްލައި ކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލްގެ އީމެއިލް  [email protected] އަށް ފޮނުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިބީލަމާއިގުޅޭ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލްއިން ހިއްސާކުރެވޭނެއެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 15 މާރިޗު 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
  • ބީލަން ހުށަހެޅުން: 24 މާރިޗު 2026 ވަނަ ދުވަހުގެ 11:30 ގައި ބ.ދޮންފަނު ކައުންސިލް އިދާރާގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

04 މާރިޗު 2026