ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD-IU-2026-0144
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި:
08 މާރިޗު 2026 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހިން ބޭނުންވެއެވެ.
|
ކްލީނީން އެސިސްޓެންޓް
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
ޓްރާންސްޕޯރޓް ސަރވިސް ޑިވިޜަން – ގްރޭޓަރ މާލެ
|
|
އަދަދު:
|
08
|
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)
|
|
މުސާރައާއި ޢިނާޔަތްތައް
|
- ކުންފުނިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް
|
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު (ޑިއުޓީ ޝެޑިއުލްއާ އެއްގޮތަށް)
|
|
ޝަރުޠު
|
- މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.
|
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- އޮޕަރޭޝަންސް ޓީމުން އަންގާ ގޮތުގެ މަތީން ކާރުތައް ސާފުކުރުމާއި، އިންނަ މިންގަނޑުތަކާއި ހަމަތަކުގެ މަތިން ބެލެހެއްޓުން.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2026 މާރިޗު 08 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
|
މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުން 2026 މާރިޗު 09 ން 2026 މާރިޗު 31 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
|
ވެބްސައިޓް:
|
https://mtcc.mv/careers/
|
|
ފޯން:
|
1650
|
|
ނޯޓް:
|
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
|