ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/2026/43
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 15:11
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ސަބްސްޓޭޝަން އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި އެކި ފަރާތްތަކުން ޕޯސްޓަރު އަދި ސްޓިކަރ ތަތްކުރުމާއިގުޅޭ

 އިޢުލާން

          މިކުންފުނީގެ ޚިދުމަތްދޭ އިމާރާތްތަކާއި، ސަބްސްޓޭޝަން ޢިމާރާތްތަކުގެ ފާރުތަކުގެ ބޭރުގައި  އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި އެކި ފަރާތްތަކުން ޕޯސްޓަރު، ސްޓިކަރ ފަދަ ތަކެތި ތަތްކުރަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ޑިސްޓްރިބިއުޝަން ފޮށި ހުޅުވާ، މެއިންޓެއިން ކުރުމަށް ދަތިތައް ދިމާވަމުންދެއެވެ.  ހަމައެއާއެކު، ސަބްސްޓޭޝަން ޢިމާރާތްތަކުގެ ބޭރުގައި ހަރުކޮށްފައިވާ އިންޒާރު / ނުރައްކާ ބޯޑުތަކުގެ މަތީގައި ސްޓިކަރ އަދި ޕޯސްޓަރ ތަތްކުރުމުގެ ސަބަބުން ރައްކާތެރި ކަމާއެކު ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅެމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

           ވީމާ، މިކުންފުނީގެ ޚިދުމަތްދޭ ޢިމާރާތްތަކާއި، ސަބްސްޓޭޝަންތަކުގެ ޢިމާރާތުގެ ފާރުތަކުގެ ބޭރުގައި އަދި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބޭރުގައި ޕޯސްޓަރ، ސްޓިކަރ އަދި މިނޫނަސް އެއްވެސް އެއްޗެއް ތަތްކުރުމަކީ މަނާ ކަމެއްކަން އެންމެހާ ފަރާތްތަކަށް ހަނދުމަކޮށްދެމެވެ. އަދި މިފަދަ ކަންކަން ނުކުރެއްވުމަށް އަންގާ އިޢުލާނު ކުރީމެވެ. 

 

14 ރަމަޟާން 1447

03 މާރިޗު 2026