ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/13
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:32
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތާއިގުޅޭ

ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެންދާއިރު، ބިންހިއްކުމަށް ބޭނުންކުރާ ޑްރެޖަރާއި، ހޮޅިލައިން އަޅާފައި އޮންނާނީ ވޭމަންޑޫއާއި، ވޭމަންޑޫގެ އުތުރުން އޮތް ރަތްމަސްފަރާއި ދެމެދުގައިވާ ކަނޑުއޮޅި ހިމެނޭހެން ކުރެހުމުގައި ފާހަގަ ކޮށްފައިވާ ސަރަޙައްދުގައެވެ. އެހެންކަމުން ބުނެވިދިޔަ ކަނޑުއޮޅިން ދަތުރު ކުރާއުޅަނދު ފަހަރު އެސަރަޙައްދުން ދަތުރު ކުރުމުގައި ރައްކާތެރިވެތިބެ ދަތުރު ކުރުމަށް އަންގަވަމެވެ.

ވީމާ، ބިންހިއްކުމަށް ބޭނުންކުރާ ޑްރެޖަރާއި، ހޮޅިލައިން އަޅާފައި އޮންނަ މުއްދަތުގައި ބުނެވިދިޔަ ސަރަޙައްދުން ދަތުރުކުރުމުގެ ސަބަބުން ލިބޭއެއްވެސް ގެއްލުމަކަށް މަސައްކަތް ކުރާފަރާތުންނާއި، އަދި ކައުންސިލުން ޒިންމާނުވާނެ ކަމުގައި ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

01 މާރިޗު 2026