ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/11
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 02 މާރިޗު 2026 00:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތާއިގުޅޭ

          ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން، ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު ކަމުގައިވާ ރަށުގެ ދެކުނު ފަޅުންނާއި އަދި އައި.ސީ.ޕީ ފާލަމުން ފެށިގެން ހުޅަނގުފަޅުން، 27 ހެކްޓަރ ބިންހިއްކުމަށް ހަމަޖެހިފައިވާތީ، މިސަރަޙައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގައި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށާއި، ގޮނޑުދޮށަށް ވާގޮތައް އެހެލާފައިވާ އުޅަނދުތައް، މި މަސައްކަތައް ދަތިނުވާގޮތައް އެއްގަމަށް ޖެއްސުމަށާއި، އަދި މިރިހިމަގުގެ ހުޅަނގުކޮޅަށް އެހެލާފައިވާ އުނޅަދުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި، ބަނދަރުގެ ހުޅަނގުކޮޅުން ބަނދަރުގައި އަޅާފައިވާ ފައްތިޔާތައް، 03 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ކުރިން  ނެންގެވުމަށް އަންގަވަމެވެ.

ވޭމަންޑޫއިން ހިއްކުމަށް ހަމަޖެހިފައިވާ ބިންހިމެނޭ ސަރަޙައްދާއި، ހިއްކާބިމަށް ވެލި ފޮނުވުމަށްއަޅާ ހޮޅިލައިން އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ދައްކުވައިދޭ ކުރެހުން މިއިޢުލާނާއިއެކު އެއްހީރަސް ކުރެވިފައި މިވަނީއެވެ.

ވީމާ، މި މުއްދަތު ތެރޭ ބުނެވިދިޔަ ތަކެއްޗާއި، އުޅަނދު، ނުނަންގަވައި ހުރުމުގެ ސަބަބުން އެ އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުންތަކަށް މަސައްކަތް ކުރާފަރާތުންނާއި، އަދި ކައުންސިލުން ޒިންމާނުވާނެ ކަމުގައި ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

01 މާރިޗު 2026