ބީލަން
ނަންބަރު: (IUL)328-ESD/328/2026/43
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 08 މާރިޗު 2026 12:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ ޝަރަފްގައި ބާއްވާ ސައިފޮދު ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  އަމިއްލަ ތަކެތީގައި މި

މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން  އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު

މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކާއިއެކު މަޢްލޫމާތު ދިނުން އޮންނާނީ 11 މާރިޗް 2026ވާ ބުދަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ.

( މިބައްދަލުވުމުގައި މަޢުލޫމާތު ކަރުދާހާއިއެކު އަގުބަލާ ފޯމް ހަވާލު ކުރެވޭނެއެވެ. ) މަޢުލޫމާތު ހޯއްދެވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަގުބަލާ ފޯމް

ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 08 މާރިޗު 2026ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް

ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:

1-    އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-    ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-    ގުޅޭނެ ފޯނު ނަންބަރު

4-    އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު

އަގުބަލާ ފޯމް ހުށަހެޅުން އޮންނާނީ 15 މާރިޗު 2026ވާ އާދީއްތަ ދުވަހުގެ 11:30ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް

އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620462 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު

ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 މާރިޗު 2026