ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2026/20
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 22:58
ސުންގަޑި: 03 މާރިޗު 2026 12:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުން

އިޢުލާން

އިސްލާމީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުން

 

މިރަށުގައި އިސްލާމީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ގަދަ ފެހި ކުލައިން 1 ން 115 އަށް ރަސްގެ (x) ޖަހާފައި ހުންނާނެއެވެ.

ވީމާ އެރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރުމަށް ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަންބަރު ގެންނަވަން ޖެހޭނެއެވެ. އަދި 2026 މާރޗް 03 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓު: މިބިން އޮންނާނީ ކައްޕީނިމަގުގެ އުތުރުން ސްނޯރޯސް އާދަމް ޙުސައިން ގެވަޅުގެ ( ކުޅިމަގު ) އުތުރުގައެވެ

 

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ފެބުރުވަރީ 2026