ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)VLAC-JOB/2026/02
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 05 މާރިޗު 2026 12:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް- ސަޕޯރޓް ސްޓާފުންގެ މަޤާމަށް މުވައްޒަފުން ހޯދުމަށް

 

 

 މަޤާމް:

 ސަޕޯރޓް ސްޓާފް (ފިރިހެން)

 މަޤާމުގެ ނަންބަރު:

202620 

 ބޭނުންވާ ޢަދަދު:

 02

 މަޤާމުގެ ގިންތި:

 ކޮންޓުރެކްޓް

 މުއްދަތު

 1 އަހަރު ( އަހަރުވުމުން ކުންފުނިން ބޭނުންނަމަ ކޮންޓުރެކްޓް އާކުރެވޭ ގޮތަށް)

 ވަޒީފާއަދާކުރަންޖެހޭ ތަން:

 ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް- (ބަނދަރު ބެލެހެއްޓުން)

 މުސާރަ:

 4000 ރުފިޔާ

 ހާޒިރީ އެލަވަންސް

ހާޒިރުވާ ކޮންމެދުވަހަކަށް 40 ރުފިޔާގެ ރޭޓުން (1000 ރުފިޔާ) 

 ސަޕޯރޓިންކް ކޯ އެލަވަންސް

 3000 ރުފިޔާ

 އެހެނިހެން އެލަވަންސް:

 ކުންފުނިން ހަމަޖައްސައިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

  1. ކުންފުނިން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުންފުނީގެ ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
  2. ރަށުގެ ބަދަނރު ސަރަހައްދު އަދި ފަޅުތެރެ ސާފުކުރުން.
  3. ރަށުގެ ބަނދަރުގެ ފެނުގެ ނިޒާމް ބެލެހެއްޓުމާއި ފެން އިސްކުރުތައް ބެލެހެއްޓުން.
  4. ކަނޑު އުޅަދުފަހަރު ބަނަދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު އުޞޫލާ އެއްގޮތައްތޯ ބެލުން.
  5. ރަށުގެ ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުން.
  6. ފަޅުތެރެ ބޭނުކުރުމުގެ އުސޫލާއި އެއްގޮތަށް ދަތުރުވެރިން އަމަކުރޭތޯ ބެލުމާއި އަދި އެ އުސޫލާ ހިލާފުވާ ފަރާތްތައް އެންގުން.
  7. ބަނދަރުގެ ނެރުބައްތި ދިއްލޭތޯ ބެލުމާއި އަދި ހަލާކުވެފައިވާނަމަ އެކަން އެންގުން.
  8. ބުރިޖާއި ސިޑީގައި ހަރުކޮށްފައިވާ ޗެންޗޭނުތައް ސާފުކޮށް ބެލެހެއްޓުން.
  9. ބަނދަރުގައި ބެހެއްޓިފައިވާ ޕޮޓުތަކުގައިވާ ގަސްތައް ބެލެހެއްޓުން.
  10. ފެރީޓާމިނަލް ސާފުކޮށް ބެލެހެއްޓުން.
  11. މަސްމާރުކޭޓް ސާފުކޮށް ބެލެހެއްޓުން.
  12. މަސްވެރިންގެ ހިޔާ ސާފުކުރުމާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  13. ކުންފުނިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކުންފުނީގެ ވިޔާފާރި ތަކުގައި ހިމެނޭ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.

 މަޤާމުގެ ޝަރުތުތައް:

1- ލިޔަންކިޔަން އެނގުން.

 ހުށަހަޅަންޖެހޭލިޔުންތައް:

 1- ފުރިހަމަކޮށްފައިވާ ކުންފުނީގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ކުންފުނީގެ އޮފީހުން) ލިބެންހުންނާނެއެވެ.

 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

 3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވާ ނަމަވެސް) ދެފުށުގެ   ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ   އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް   ހޮވުމަށް ބެލޭނެ ކަންތައްތައް:

 1- އަސާސީ ޝަރުތު ހަމަވުން ( 50%)

 2- އިންޓަރވިއު  ( %50)

 މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓުލިބިފައިވާ ފަރާތެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 މާރިޗް  2026 ގެ މެންދުރު 12:00 ގެ ކުރިން މިކުންފުނީގެ   އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އިންޓަރވިއު އަދި އިމްތިޙާން   އޮންނާނެތަނާއި، މުއްމުދަތު

 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 09 މާރިޗް 2026 އާއި 10 ފެބްރުއަރި 2026 އާދެމެދުއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6563946 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ. ކުންފުނީގެ އޮފީހުން ފޯމް ދޫކޮށް، ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެދުނު 9:00 ން މެންދުރު 12:00 އަށެވެ.

26 ފެބުރުވަރީ 2026