|
އިޢުލާނު
|
|
މަޤާމު:
|
ޑިރެކްޓަރ، ޕަބްލިކް ހެލްތް
|
|
މަޤާމުގެ ނަންބަރު:
|
J-419234
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ރޭންކް 9 ބީ - ސްޓެޕް 1
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
|
|
މުސާރަ:
|
-/15,100 (ފަނަރަ ހާސް އެއްސަތޭކަ ރުފިޔާ)
|
|
މަގާމުގެ އެލަވަންސް:
|
-/7,047 (ހަތްހާސް ސާޅީސް ހަތް ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ޙާޒިރީ ޢިނާޔަތް: ޙާޟިރުވާ ދުވަހަކަށް -/191 (އެއް ސަތޭކަ ނުވަދިހަ އެއް ރުފިޔާ)
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު (2014/R-380)" އާއި އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމާ ރަޖިސްޓްރީ ކުރުމާއި ހުއްދަ ދޫކުރުމާއި ކަނޑައެޅިފައިވާ އުސޫލުން ދަރަޖަ ކުރުމާއި ޤަވާއިދާ ޚިލާފަށް ހިންގާ ތަންތަނަށް ފިޔަވަޅު އެޅުމާއި އަތޮޅު ތެރޭގައި މިމަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުމާއި މަސައްކަތް ހަރުދަނާ ގޮތުގައި ކުރިއަށް ގެންދިއުމަށް އެތަންތަނަށް މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި އެކަންކަން ކުރުވުން. މުޖުތަމަޢުގައި ފެތުރޭ ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތައް ކަނޑައެޅުން.
- ދުންފަތް ކޮންޓްރޯލް ކުރުމުގެ "ޤަވާއިދު (ނަމްބަރު: 2010/R-41)" އާއި އެއްގޮތަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމާއި ހުއްދަ ދޫކުރުމާއި ޤަވާއިދާ ޚިލާފަށް ހިންގާ ތަންތަނަށް ފިޔަވަޅު އެޅުމާއި އަތޮޅު ތެރޭގައި މިމަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުމާއި މަސައްކަތް ހަރުދަނާ ގޮތުގައި ކުރިއަށް ގެންދިއުމަށް އެތަންތަނަށް މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލައި އެކަންކަން ކުރުވުން.މުޖުތަމަޢުގައި ފެތުރޭ ގައިންގަޔަށް އަރާ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތަކުން ސަލާމަތްވުމަށް އެކުލަވާލަންޖެހޭ ޕްލޭންތަކާއި މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުން.
- އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ (7/2012)" ދަށުން ހަދާ ޤަވާޢިދުތަކާއި އެއްގޮތަށް ކުރަންޖެހޭ ހުރިހާ ޕަބްލިކް ހެލްތު އިންސްޕެކްޝަންތައް ރާވާ ކުރިއަށްގެންދެވޭނޭ އިންތިޒާމް ހަމަޖައްސައި މި އިންސްޕެކްޝަންތައް އަތޮޅުތެރޭގައި ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރެވޭކަން ކަށަވަރު ކުރުން. އެޕިޑެމޮލޮޖީ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ހަދަންޖެހޭ އިވެލުއޭޝަންތައް ހަދައި އެކަންކަމާބެހޭ ރިޕޯޓްތައް ޝާއިޢުކުރުން.
- އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ (7/2012)" ދަށުން ހަދާ ޤަވާޢިދުތަކާއި އެއްގޮތަށް ކުރެވޭ ޕަބްލިކް ހެލްތު އިންސްޕެކްޝަންތަކުގައި ޢާއްމުޞިއްޙަތަށް ނުރައްކާވާފަދަ ކަމެއް ފާހަގަ ވެއްޖެނަމަ އެކަން އަންގަންޖެހޭ ފަރާތްތަކަށް ވަގުތުން އަންގައި އެފަރާތްތަކުގެ ލަފާގެމަތީން އެފަދަ ތަންތަނަށް އަޅަންޖެހޭ ފިޔަވަޅު އަޅާތޯ ބެލުން
- ބޭރުގެއެހީ ލިބިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ހިންގާތޯއާއި ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވުމާ ލިޔެކިއުންތައް ބަލަހައްޓާތޯ ބެލުން.
- ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު (2014/R-380)" އަދި "ދުންފަތް ކޮންޓްރޯލް ކުރުމުގެ "ޤަވާއިދު (ނަމްބަރު: 2010/R-41)" ދަށުން ކުރެވޭ އެންމެހާ ޖޫރިމަނާތައް ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ޚިދުމަތްހޯދާ ފަރާތްތަކަށް އެފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން
- ކާބޯތަކެތީގެ ޚިދުމަތްދޭތަންތަނުގެ ހުއްދައާއި ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރާތަނެއް ކަނޑައެޅުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އާންމު ފަރާތްތަކުން ވަންގަވް އަށް ހުށައެޅޭ އެޕްލިކޭޝަންތައް ބަލާ ފާސްކޮށް އެފަދަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވޭނޭ އިންތިޒާމް ހަމަޖެއްސުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.
ނުވަތަ؛
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- ޗައިލްޑް އެންޑް އެޑޮލެސެންޓް ހެލްތު
- އެޑިކްޝަން ކައުންސެލިންގ
- އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން
- އެޑްވާންސްޑް މެންޓަލް ހެލްތް ޕްރެކްޓިސް
- އެޕްލައިޑް ބިހޭވިއަރ އެނަލިސިސް
- އެޕްލައިޑް ސައިންސް ސައިކޮލިޖީ
- އެޕްލައިޑް ސޯޝަލް ސައިކޮލޮޖީ
- ބިހޭވިއަރަލް ސައިކޮލޮޖީ
- ބިހޭވިއަރަލް ހެލްތް ސައިންސް
- ބަޔޯ ސްޓެޓިސްޓިކްސް
- ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ
- ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް
- ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން
- ޗައިލްޑް އެންޑް ކޮމިއުނިޓީ
- ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް
- ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ
- ޗައިލްޑް ވެލްފެއަރ ވަރކް
- ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް
- ކްލިނިކަލް އެންޑް ޑިވެލޮޕްމަންޓަލް ސައިކޮޕެތޮލޮޖީ
- ކްލިނިކަލް ޗައިލްޑް އެންޑް އެޑޮލިސެންޓް ސައިކޮލޮޖީ
- ކްލިނިކަލް ޗައިލްޑް ސައިކޮލޮޖީ
- ކްލިނިކަލް ހެލްތް ސައިކޮލޮޖީ
- ކްލިނިކަލް މެންޓަލް ހެލްތް
- ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ
- ކްލިނިކަލް ސައިކޮލޮޖީ
- ކްލިނިކަލް ސައިކޮތެރަޕީ
- ކްލިނިކަލް ސްޕޯޓްސް ސައިކޮލޮޖީ
- ކޮމިއުނިކަބަލް ޑިޒީސަސް
- ކޮމިއުނިޓީ ހެލްތު
- ކޮމިއުނިޓީ ހެލްތް ނަރސިންގ
- ކޮމިއުނިޓީ މެޑިސިން
- ކައުންސެލިންގ
- ކައުންސެލިންގ އެންޑް ސައިކޮތެރަޕީ
- ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް
- ކައުންސެލިންގ ސައިކޮލޮޖީ
- ޑިމޮގްރަފީ
- ޑައިޓެޓިކްސް
- ޑިޒާސްޓަރ މެނޭޖުމަންޓު
- އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް
- އިމަރޖެންސީ މެޑިސިން
- އެމަރޖެންސީ ޕްރިޕެއަރޑްނަސް
- އެންޓޮމޮލޮޖީ
- އެންވަޔަރަންމަންޓަލް ހެލްތް
- އެޕިޑިމިއޮލޮޖީ
- ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް
- ފެމިލީ ސްޓަޑީޒް
- ފެމިލީ ތެރަޕީ
- ގްލޯބަލް ހެލްތް
- ގްލޯބަލް މެންޓަލް ހެލްތް އެންޑް ވެލްބިއިން
- ހެލްތް ކެއަރ އިވެލުއޭޝަން
- ހެލްތް އެޑިޔުކޭޝަން
- ހެލްތު އިންފޮމެޓިކްސް
- ހެލްތް އިންފޮމޭޝަން
- ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
- ހެލްތް ޕްރޮމޯޝަން
- ހެލްތު ސައިކޮލޮޖީ
- ހެލްތް ރިސަރޗް
- ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސަސް މެނޭޖްމަންޓް
- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
- ހެލްތްކެއަރ މެނޭޖްމަންޓް
- ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް
- އިންފެކްޝާސް ޑިޒީސަސް
- މެރިއޭޖް އެންޑް ފެމިލީ
- މެރިޖް އެންޑް ފެމިލީ ކައުންސެލިންގ
- މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް
- މެރޭޖް އެންޑް ފެމިލީ ތެރެޕީ
- މެޓަރނަލް އެންޑް ޗައިލްޑް ހެލްތް
- މެންޓަލް އެންޑް ބިހޭވިއަރަލް ހެލްތް
- މެންޓަލް ހެލްތް
- މެންޓަލް ހެލްތް އެންޑް ކްލިނިކަލް ސައިކޮލޮޖީ
- މެންޓަލް ހެލްތް އެންޑް ސައިކޮތެރަޕީ
- މެންޓަލް ހެލްތް އެންޑް ވެލްނަސް
- މެންޓަލް ހެލްތް ކައުންސެލިންގ
- މެންޓަލް ހެލްތް ސައިންސް
- މެންޓަލް ހެލްތް ސްޓަޑީޒް
- ނޮން-ކޮމިއުނިކަބަލް ޑިޒީސަސް
- ނިއުޓްރިޝަން
- އޮކިއުޕޭޝަނަލް ހެލްތް
- ޕެރިނޭޓަލް މެންޓަލް ހެލްތް
- ޕޮޕިއުލޭޝަން ހެލްތް
- ޕްރައިމަރީ ހެލްތް ކެއަރ
- ސައިކޮލޮޖިކަލް ކައުންސެލިންގ
- ސައިކޮލޮޖީ
- ސައިކޯތެރަޕީ
- ސައިކޮތެރަޕީ ކައުންސެލިންގ
- ޕަބްލިކް ހެލްތް
- ޕަބްލިކް ހެލްތް ނަރސިންގ
- ޕަބްލިކް ހެލްތް ރިސަރޗް
- ޕަބްލިކް ހެލްތް ސައިންސް
- ޕަބްލިކް މެންޓަލް ހެލްތް
- ރިހެބިލިޓޭޝަން ކައުންސެލިންގ
- ރިޕޮރޮޑަކްޓިވް ހެލްތް
- ސްކޫލް ކައުންސެލިންގ
- ސޯޝަލް ސަރވިސަސް
- ސޯޝަލް ވޯރކް
- ތެރަޕިއުޓިކް ކައުންސެލިންގ
|
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
- ޕަބްލިކް ހެލްތް
- މެންޓަލް ހެލްތް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
- (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
(އިދާރާއިން ބޭނުންނަމަ، ކްރައިޓީރިއާ ޓޭބަލް މިތަނުގައި ވަކިން ހިމެނިދާނެއެވެ. އަދި ކްރައިޓީރިއާގައި ހިމަނާފައިވާ ބައިތަކުގެ އިތުރުން އެހެން ބައެއް ހިމަނާނަމަ، އެ ކަން މި ބައިގައި ބަޔާންކުރަންވާނެއެވެ.)
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗު 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލު އިދާރީ އޮފީސް (ދެވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ،09 މާރިޗު 2026 އާއި 08 އޭޕްރިލް 2026 އާއި ދެމެދު، މި ހޮސްޕިޓަލު މީޓިންގ ރޫމްގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|