ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ސްޕޯރޓްސް އެރީނާގެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޓުގެ ބިމުގައިހުރި ރުއްތައް ނަގައިގެން ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން 2026 މާރިޗް 05 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ސަރަހައްދުގައިހުރި ރުކުގެ ޢަދަދަކީ 67 އެވެ. ރުކެއްގެ އެވްރެޖް އަގަކީ ކޮންމެ ރުކަކަށް -/700 (ހަތްސަތޭކަ) ރުފިޔާއެވެ. އެސަރަހައްދުގައި ހުންނާނީ ދިގު އަދި މެދުފަންތީގެ ރުކާއި ގާތްގަނޑަކަށް 12 ނުވަތަ 16 ފޫޓުގެ ރުކާއި އެއަށްވުރެ ކުރުރުކެވެ. ނަމަވެސް ކަނޑައެޅިފައިވާ ރޭޓުން ޖުމުލަ ޢަދަދަށްވުރެ ބޮޑުކޮށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. އެއްފަރާތަށްވުރެ ގިނަފަރާރްތަކުން ހުށަހަޅާފައިވާނަމަ އިސްކަންދޭގޮތަށް ހަމަޖެހިފައިވަނީ އެންމެބޮޑު އަގު ހުށަހަޅާ ފަރާތަށެވެ. މިކަމަށް ޝަޢުޤުވެރިވާފަރާތްތަކުން ޝަޢުޤުވެރިވާކަން ސިޓީއަކުން [email protected] އަށް މެއިލްކޮށް ފޮނުވުން އެދެމެވެ. މިރުއްތައް ނަގައި ރަށުން ބޭރުކުރުމަށް ކަމާއިބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެގުމަކީ ނަގަން ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. އެކަމަށް މިއިދާރާއިން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެވާހަކަ ދަންނަވަމެވެ.
މިސަރަހައްދުގައިހުރި ގަސްތައް ނަގައި ކައުންސިލުން އަންގާ ގޮތެއްގެމަތިން ބިންގަނޑު އެއްވަރުކޮށް ކުނީގެގޮތުގައި ހުންނަތަކެތި އުކާލައި ބިންސާފުކުރަންވާނެއެވެ. އަދި މިތަނުގައިހުރި ގަސްތަކުން ގެންދަން ބޭނުންވާގަސް ދެފަރާތުން ވާހަކަ ދައްކައިގެން ރުއްތައް ގެންދާފަރާތުން ގެންދިއުމުގެ ހުއްދަ ދެވޭނެއެވެ.
- ރުއްތައް ނެގުމުގައި ޢަމަލުކުރަންޖެހޭގޮތް
- ރުއްތައް ނަގަން ފެށުމުގެކުރިން އެއްބަސްވުމުގައި ސޮއިކުރުން
- ރުއްތައް ނެގުމުގެ މަސައްކަތް ފެށުމުގެކުރިން އެއްބަސްވުމުގައިވާ ގޮތުގެމަތީން ފައިސާ ދައްކާ ޚަލާޞްކުރުން
- ރުއްތައް ނެގުމުގެ ތެރޭގައި އާއި ގެންދިއުމުގެ ތެރޭގައި ނަގަންނުޖެހޭ އެއްޗަކަށް އަދި ތަނަކަށްވިއަސް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއްގެ ޒިންމާނަގައި ފުރިހަމައަށް ހައްލުކުރުން
- ވެހިކަލް ދުއްވުމުގެތެރޭގައި މަގުތަކަށް ލިބޭގެއްލުން ހައްލުކުރުން
- ސަރަހައްދުގައިހުރި ގަސްތައްނަގައި އެއްފަރާތްކޮށް ސަރަހައްދު ލޯޑަރުން ކުރެވޭވަރަށް ރަގަޅަށް ސާފުކުރުން
ވީމާ، މި ކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ. އިތުރު މަޢްލޫމާތެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ އެސިސްޓެންޓްކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޔޫސުފު 7887792 އަށް ގުޅުއްވުން އެދެދެމެވެ.