ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2026/11
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 09 މާރިޗު 2026 13:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަގާމުގެ ނަން:

 ކޮންސްޓްރަކްޝަން މެނޭޖަރ

ބޭނުންވާ އަދަދު:

 03

މަޤާމުގެ ގިންތި:

 ވަގުތީ (ކޮންޓްރެކްޓް އުސޫލުން 02 އަހަރުދުވަހުގެ މުއްދަތަށް)

ޕަބްލިކް ސަރވިސް ރޭންކް:

 09

ޖޮބް މެޓްރިކްސް:

 ކޮންސްޓްރަކްޝަން މެނޭޖަރުން

ވަޒީފާގެ ބާވަތް:

 ފުލް ޓައިމް

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

  އަތޮޅުތެރޭގެ ޕްރޮޖެކްޓު ސައިޓުތަށް

އަސާސީ މުސާރަ:

 16,550.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

 9,480.00 ރުފިޔާ

ހާޒިރީ އިނާޔަތް:

 255.00 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް:

  • އެގްރިމެންޓް ކުރެވޭ ޕްރޮޖެކްޓްތަކަށް ކޮންސަލްޓެންސީ ދިނުމާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރާވައި ހިންގުން
  • ޕްރޮޖެކްޓްތަކުގެ ކުއަލިޓީ މެއިންޓެއިން ކުރުން
  • ޕްރޮޖެކްޓް ވީކްލީ އަދި މަންތްލީ ރިޕޯޓް ތައްޔާރުކުރުން
  • ކޮންޓްރެކްޓަރ ފޮނުވާ ބިލްތައް ޗެކުކޮށް، ބިލިންގ ޑީޓެއިލް ތައްޔާރުކުރުން
  • ކުރެހުމާއި ބީއޯކިޔުމާއި އެއްގޮތަށް ޕްރޮޖެކްޓްތަށް ކުރިޔަށްދޭތޯ ބަލައި ޔަޤީންކުރުން
  • މަގާމުގެ ޝަރުތު:
  • ތައުލީމާއި މަސައްކަތްތަކުގެ ތަޖުރިބާގެ ގޮތުން ތިރީގައިވާ ޝަރުތު ފުރިހަމަވުން؛
  • - މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ؛
  • - މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގަައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން  މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ؛
  • - މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގަައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން؛
  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކު ކަމުގައިވުން؛
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެ ދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގަިއ ނުވުން؛
  • ވައްކަން، ނުވަތަ ޓެކުން، ނުވަތަ މަކަރާއި ހީލަތް، ނުވަތަ ޙިޔާނާތް ނުަވަތަ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • މަނާކޮށްފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި، ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން؛
  • ޖިނާއީ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި، ވޭތުވެދިޔަ 05 އަަހަރުދުވަހުގެ ތެރޭގައި ހައްޔަރުކޮށްފައިނުވުން؛
  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައިވާ މީހަކު ކަމުގައި ނުވުން:
  • ދިވެހި ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމުގައި ނުވުން؛
  • އަޚްލާޤީ މައްސަލައަކާއި ގުޅިގެން ނުވަތަ އެނޫންވެސް މައްސަލައަކާއި ގުޅިގެން އެހެން އޮފީހެއްގެ ވަޒީފާއަކުން ވަކިކޮށްފައިވާ މީހަކު ކަމުގައިނުވުން؛ އަދި 
  • ދައުލަތުގެ އެއްވެސް މަޤާމަކަށް ރިޓަޔަރ ކޮށްފައިވާ ފަރާތެއް ކަމުގައިނުވުން.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

  • ކޮންސްޓްރަކްޝަން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ،     ބިލްޑިންގ ކޮންސްޓްރަކްޝަން، އާކިޓެކްޗަރަލް ޓެކްނޯލޮޖީ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ބިލްޑިން އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ބިލްޑިންގ ސައިންސް، ކޮންސްޓްރަކްޝަން ސައިންސް،  ކޮންސްޓްރަކްޝަން ސައިންސް އެންޑް މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، ހައުސިން އެންޑް އެޕާރޓްމަންޓް ބިލްޑިންގ މެނޭޖްމަންޓް، ކޮންސްޓްރަކްޝަން އިކޮނޮމިކްސް، ރިއަލް އެސްޓޭޓް އެންޑް ކޮންސްޓްރަކްޝަން މެނޭޖްްމަންޓް، ކޮނަސްޓްރަކްޝަން ޕްރޮޖެކްޓް އެންޑް ކޯސްޓް މެނޭޖްމަންޓް.  
  • ކޮންސްޓްރަކްޝަން އިންޖިނިއަރިންގ، އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ސިިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، އަކިޓެކްޗަރަލް އިންޖިނިއަރިންގ، ބިލްޑިންގ އިންޖިނިއަރިންގ.
  • އާކިޓެކްޗަރަލް ޓެކްނޯލޮޖީ، އާކިޓެކްޗަރަލް ސައިންސް، އާކިޓެކްޗަރ، ކުއެންޓިޓީ ސަރވޭއިންގ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ އަދި އިސްކަން ދޭނެ ކަންތައްތައް:

  • ވަޒީފާއަށް ހޮވާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރިޔަށްގެންދެވޭ ބެކްގްރައުންޑް އެސެސްމަންޓް، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަނުން ފާސްވާ ފަރާތެކެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:

  • ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ،  ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
  • އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 މަރޗް 09 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށެވެ.

ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

08 ރަމަޟާން 1447
25 ފެބުރުވަރީ 2026